ގައުމީ އެއާލައިން މޯލްޑިވިއަނުން ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން މޯލްޑިވިއަންގެ މޯބައިލް އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު އެއް ފަރާތަކަށް ހިލޭ ޓިކެޓުލިބޭނެއެވެ.
ހަތަރު ހަފުތާއަށް ކުރިއަށްދާ މި ޕްރޮމޯޝަން މާދަމާ ފަށާނެއެވެ. އެހެންކަމުން މުޅި ޕްރޮމޯޝަނުގައި ހަތަރު މީހަކަށް ހިލޭ ޓިކެޓް ލިބޭނެއެވެ.
މި ޕްރޮމޯޝަނުގެ ބޭނުމަކީ އޮންލައިންކޮށް ޓިކެޓް ނަގަން ބާރު އެޅުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ހިލޭ ލިބޭ ޓިކެޓް ބޭނުން ކޮށްގެން 31 އޮކްޓޯބަރުގެ ކުރިން ރާއްޖޭގެ ކޮންމެ ތަނަކަށްވެސް ދަތުރު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!