ސްރީލަންކާގެ ޑިފެންސް ވަރުގަދަ ކުރުމަށް ޕާކިސްތާނުން 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ލަންކާއަށް ބޭނުން ޖެހޭ ވަގުތަކު ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބޭނުންވާ އަދަދެއް ލޯނުގެ ގޮތުގައި ވަގުތުން ނެގޭނެއެވެ.
ޕާކިސްތާނުން މި އެހީ ލަންކާއަށް ފޯރުކޮށްދީފައި މިވަނީ އިންޑިއާއިންވެސް ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ސޮއިކޮށްފައިވާދަނޑިވަޅެއްގައެވެ. މި އެހީއަކީ އިންޑިއާއިން އެހެން ގައުމުތަކަށް އެހީ ފޯރުކޮށްދޭތީ ޕާކިސްތާނުން ދިން އެހީއެއް ކަމަށްވެސް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި މިއީ އިންޑިއާ ކަނޑަށް ޗައިނާ އާއި އިންޑިއާއިން ބާރު ގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އެކެވެ.
އިންޑިއާއިން ވަނީ ރާއްޖެއާއި މޮރިޝަސްގެ ޑިފެންސް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެއަށް 50 މިލިއަން ޑޮލަރު އަދި މޮރިޝަސްއަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފްކްރެޑިޓް ދޫކުރަން އެއްބަސްވެފައެވެ.
ޗައިނާއިން ވަނީ ޕާކިސްތާނާ ގުޅިގެން އޭޝިއާގެ ގައުމުތަކުގެ ޓްރޭޑް ވިޔަފާރިއަށް އެހީވުމަށް ކޮރިޑޯއެއްވެސް ހުޅުވައިފައެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ(ސީޕީއީސީ)ގެ ނަމުން ނަން ދީފައިވާ މި ކޮރިޑޯއަަށް 70 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ޗައިނާއިން ވަނީ ނިންމައިފައެވެ.
އެއްް ޕޯޓު އަނެއް ޕޯޓާ ގުޅައިދޭ މި ކޮރިޑޯއަށް އިންޑިއާއިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ މި ޕްރޮޖެކްޓުގައި ހިމެނޭ ޕޯޓުތައް ޖައްމޫ އަދޮ ކަޝްމީރުގެ ތެރެއަށްވަންނަތީއެވެ. އިންޑިއާއިން ގަބޫލު ކުރާ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!