ވަގުންނާއި ފޭރޭ މީހުން އަދި ފުރައްސާރަ ކުރާ މީހުން އަތުލުމަށް ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީގެ ފުލުހުން ރޯލާބްލޭޑުގައި ނެރެން ފަށައިފިއެވެ.
މިގޮތަށް ނެރޭ ކޮންމެ ޔުނިޓެއްގައި 20 ސިފައިން ހިމެނެއެވެ. ކޮންެ ސިފައިންގެ މީހެއްވެސް ހުންނަނީ ރޯލާބްލޭޑަށް އަރައިގެންނެވެ. މިއީ ސައިކަލުތަކުގައި ދާ މީހުންވެސް ފަސޭހަކަމާއެކު އަތުލައިގަތުމަށް ޕާކިސްތާނުން ގެނައި ބަދަލެކެވެ.
މި ޔުނިޓުތަކުގެ ޗީފް ފާރުކް އަލީ ވިދާޅުވީ މަގުމަތީގައި ހިންގާ ކުށްތައް ހުއްޓުވުމަށް އީޖާދީގޮތެއް ބޭނުންވެފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރޯލާބްލޭޑަކީ މިގޮތުން އައި ހިޔާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވިގޮތުގައި ކަރާޗީގެ މަގުތަކުގެ ހާލަތަށް ބަލައި މިވަގުތު ރޮލާބްލޭޑުގައި ނުކުންނަ ޔުނިޓުތައް ތިބޭނީ ވަކި ސަރަހައްދުތަކެއްގައެވެ. އެއީ އެންމެ ކުށް ގިނަ ހިސާބުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!