އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް މިމަހުގެ 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ގެއްލުނު އަންހެން ފަތުރުވެރިޔާ ހޯދި މީހަކަށް 1 ލައްކަ ޑޮލަރު (1,542,000 މިލިޔަން ރުފިޔާ) ހުށައަޅައިފި އެވެ.
ކަލީޖް ޓައިމްސްއަށް ދިން އިންޓަރވިއުއެއްގައި އޭނާގެ ފިރިމީހާ ބުނެފައިވަނީ އޭނާގެ އަނބިމީހާ ހޯދި މީހަކަށް 1 ލައްކަ ޑޮލަރު ހުށައަޅާކަމަށެވެ. އުމުރުން 33 އަހަރުގެ އެއަންހެން މީހާ ގެއްލުނުއިރު ބަނޑުބޮޑުކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.
"އަންހެނުން ގެއްލުނުތާ މިހާރު 9 ދުވަސް ފާއިތު ވެއްޖެ، ރާއްޖޭގެ އިދާރާތަކަށް ޖަވާބެއް ނުދެވުން، އަންހެނުން ހޯދުމުގެ މަސައްކަތް އެމީހުން ހުއްޓާލައިފި، އަހަންނަކަށް ނޭންގެ އަންހެނުން ގެނބުނީކަމެއް ނުވަތަ ބަޔަކު ކިޑްނެޕްކޮށް އަނިޔާއެއް ދިނީކަމެއް، އަހަރެން ބޭނުންވަނީ ޖަވާބެއް"
ކަލީޖް ޓައިމްއަށްދިން ބަސްދީގަތުމެއްގައި މާޔޫސްކަމާއި އެކު ފިރިމީހާ ބުނެފައިވެ އެވެ.
ފުލުހުންނާއި ކޯސްޓްގާޑް އަދި ރިސޯޓުގެ މުވައްޒަފުންނާއިއެކު އަންހެންމީހާ ހޯދުމުގެ މަސައްކަތުގައި އުޅުމަށްފަހު ފިރިމީހާ މިހާރު ހުރީ އެނބުރި ދުބާއީއަށް ގޮސްފަ އެވެ.
ކަލީޖް ޓައިމްސްގައި އާއިލާ އާއި ހަވާލާދީ ބުނެފައިވަނީ ރާއްޖޭގެ އިދާރާތަކުން މިއަންހެންމީހާ މޫދަށް ގެނބިގެން ގެއްލިފައިވާކަމަށް ބުނަމުންދާއިރު އާއިލާއިން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.
އާއިލާގެ ރަޙްމަތްތެރިއަކު އެނޫހަށް މަޢުލޫމާތުދެމުން ބުނީ އަންހެންމީހާއަކީ ރަނގަޅަށް ފަތަން އިނގޭ މީހެއްކަމަށާއި އޭނާއަކީ ގިނަބަޔަކު ދަންނަ އެތުލީޓެއް ކަމަށެވެ. އަދި ރާއްޖޭގެ ތިލަ ފަޅުގައި ގެނބިގެން މަރުވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. ގެނބިގެން މަރުވިކަމުގައިވިޔަސް ފެންމައްޗަށް އަރާހާ ދުވަސް މިހާރު ވެއްޖެ ކަމަށެވެ.
މިއަންހެން މީހާ ހޯދުމުގެ އޮޕަރޭޝަން އާއި ގުޅިގެން އެމްއެންޑީއެފުން، މިމަހުގެ 15 ވަނަ ދުވަހު ބުނެފައިވަނީ، މިމަހު 13 ވަނަ ދުވަހު އެކަނި މޫދަށް ދިޔަ އަންހެން ފަތުރުވެރިޔާގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓްގެ މެނޭޖުމަންޓް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
''މިގޮތުން މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބެލިފަ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފަ. އަދި މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ވަނީ ބެލިފަ.''
15 ވަނަ ދުވަހު އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ''ކާމިޔާބު'' ލޯންޗާއި ''ހާބަރ ކްރާފްޓް'' ލޯންޗް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެއިދާރާއިން ބުނެފައި ވެއެވެ. ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން އެދުވަހު ބުންޏެވެ.

ނަމަވެސް، މި މީހާ ހޯދުމަށް މިހާތަނަށް ކުރުވުނު މަސައްކަތުން އެ މީހާ ފެނިފައެއް ނުވާކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
#Update: MNDF Coast Guard "Kaamiyaab" covered the surface areas of 66sqnm, MNDF CG & Resort divers have searched 1549162sqm, MNDF Dornier has searched 500 sqnm in search of the missing female tourist who went snorkeling alone from Maamunagau Resort. Search is still underway. pic.twitter.com/hAmXCLDHLl
— Maldives National Defence Force (@MNDF_Official) February 17, 2021
އެމްއެންޑީއެފުން އަންހެން މީހާ ގެއްލުނު ދުވަހު ބުނެފައިވަނީ އެ އަންހެން ފަތުރުވެރިޔާ ގެއްލުނުއިރު ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!