ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ދިނުމަށް ނިންމާފައިވާ 50 މިލިއަން ޑޮލަރާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިއަދު އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާއާއި އެކު ކުރިއަށް ގެންގޮސްފަ އެވެ. މިބައްދަލުވުމުގައި 50 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީ އާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި އެލްއޯސީގެ ދަށުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ފަރާތުންކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

Ad
rt

އެލްއޯސީގެ ޓާމްތައް ކުރިންވެސް ދިވެހިރާއްޖެއަށް ފޯރުކޮށްދެވިފައިވާ އެލްއޯސީތަކާއި އެއްގޮތްވާނެ

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މިޓުވީޓުގައި ހައިކޮމިޝަނުންވަނީ އެކަމާއި ބޭހޭ ލިއުންތައްވެސް ހިއްސާކޮށްފަ އެވެ.

މިމަކާއިމެދު މިއަދު މަޝްވަރާކުރެއްވި އިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައިވެސް އިއްޔެ ވަނީ ދެގައުމުގެ މެދުގައި ސޮއިކޮށްފަ އެވެ. އެމްއެންޑީއެފުން ބުނީ މި އެއްބަސްވުމުގެ ދަށުން ގާއިމުކުރެވޭ ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ ޢަދަދެއްގެ ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ.

އުތުރު ތިލަފަޅުގެ "ސިފަވަރު " ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ކޯސްޓްގާޑް ޑޮކްޔާޑަކީ، 2016 ވަނަ އަހަރު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބަސްވެވުނު، "ޑިފެންސް އެކްޝަން ޕްލޭން"ގެ ދަށުން ޤާއިމުކުރާ ބަނދަރެކެވެ.

މި ޑޮކްޔާޑް/ބަނދަރު ތަރައްޤީކޮށް، ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުމެއް އެކުލަވައިލައި، ވަނީ ސޮއިކޮށްފައެވެ. ކޯސްޓް ގާޑަކީ ދިވެހިރާއްޖޭގެ މެރިޓައިމް ޒޯނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކޮށް ކަށަވަރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް ވާއިރު، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މެރިޓައިމް ޑޮކްޔާޑެއް ނެތުމަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އޮޕްރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުންކަމަށް ވެއެވެ.

ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން، މި ފަދަ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްވަރާތައް އެކި ޤައުމުތަކާއެކުވަނީ ކުރެވިފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން އިންޑިއާޔާ އެކު މިފަދަ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްވަރާތައް އެކި މަރުޙަ ލާތަ ކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނި ހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ
ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އަދި މިފަދަ ބަނދަރެއް ތަރައްޤީކުރެވުމުން ޕްރައިވެޓް ބޮޑެތި އުޅަނދުތަކަށް ވިޔަފާރި އުސޫލުން މިބަނދަރުގައި ޚިދުމަތް ދިނުމަށް މަގު ފަހިވެގެން ދާނެއެވެ. އެހެނީ މިވަގުތު ރާއްޖޭގައި ބޮޑެތި އުޅަނދުތަކަށް ޚިދުމަތް ދޭނެ ފެސިލިޓީއެއް ޤާއިމް ކުރެވިފައި ނުވެއެވެ.