ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

Ad
rt

ލަތީފާއެކު "އީސީ ސަރީފް" އޭ ގޮވައިގެން މަޝްހޫރުކަން ހޯދި ޕީޕީއެމްގެ އެކްޓިވިސްޓް ސޫދާ ޢަބުދު ﷲ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިހުތިޖާޖުގެ ބައިވެރިއަކު މައުލޫމާތު ދިނެވެ.

އިދިކޮޅުން މިއަދު އިހުތިޖާޖު ކުރަމުން ދާއިރު، ގާނޫނާއި ޚިލާފަށް އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައިޑްލައިންތަކާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ ވެއެވެ.