އިންޑިއާގައި ކާށި ތެޔޮ އެންމެ ގިނައިން ވިއްކާ ކެރެލާގައި ކާށި ތެލުގެ އަގު އުފުލިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އެ ސްޓޭޓުގައި ތެލުގެ އަގު ވަނީ ކިލޯގްރާމެއް 205.05 ރުޕީސްއަށް އަރާފައެވެ. މިއީ މިހާތަނަށް ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.

Ad
rt

މީގެ ކުރިން ކިލޯއެއްގެ އަގު ހުރީ 155.50 ރުޕީސްއަށެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރުވެސް ކިލޯއެއްގެ އަގު ހުރީ165.50 ރުޕީސްގައެވެ. އެއީ 2017 ވަނަ އަހަރުގައެވެ.

ކެރެލާގައި ކާށި ތެލުގެ އަގު އުފުލެން ފެށީ މި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެންނެވެ.

ކާށި ތެލުގެ އިތުރުން އެހެން ތެލާއި އެއްކޮށްފައި ހުންނަ ކާށި ތެޔޮ އަދި ބްރޭންޑެޑް ކާށި ތެލާއި ޕާމް އޮއިލް އާއި ސަންފްލާވާ ތެލުގެ އަގުވެސް އަންނަނީ އުފުލެމުންނެވެ.

ތެލުގެ އަގު އުފުލެނީ ކާށި ރައްކާ ކުރުމާ ގުޅޭ ގާނޫނަށް ދިން ލުއިތަކާއެކު ކަމަށް އެ ގައުމުގެ ކާށި ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.