ދުނިޔޭގެ އެންމެ ބޮޑު ސައިންސް އޯގަނައިޒޭޝަން، "ނާސާ"ގެ ޕްރިޒާވަރެންސް ރޯވާ މާސްއަށް ދިއުމާއެކު އެ ޕްލެނެޓުގެ ތަފާތު ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފިއެވެ.
ނާސާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ފުރަތަމަ ދުނިޔެއާ ހިއްސާކޮށްފައިވަނީ ޕްރިޒާވަރަންސް ރޯވާ މާސްގެ ބިމަށް ތިރިކުރާ ފޮޓޯއެކެވެ. މާސްގެ ބިމާ 6.5 ފޫޓު މަތިން ނަފާއިވާ މި ފޮޓޯއަކީ ރޯވާގެ "ސެލްފީ"އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ފޮޓޯ ނަގާފައިވަނީ ރޯވާ މާސްގެ ބިމަށް ތިރިކޮށްދިން ޖެޓްޕެކްގައި ހަރުކޮށްފައި ހުރި ކެމެރާއަކުންނެވެ.

ނާސާއިން ވަނީ މި ރޯވާ މާސްގައި ނަގާ ފޮޓޯތަކާއި އޭގެ ހޯދުންތައް ދުނިޔެއާ ހިއްސާ ކުރުމަށް ޕްރިޒާވަރެންސްގެ ނަމުގައި ހާއްސަ ޓްވިޓާ އެކައުންޓެއް ވެސް ހަދާފައެވެ.
އެ ޖަމިއްޔާއިން އިއްޔެ އާއްމު ކުރި ފޮޓޯއިން ފެންނަނީ މާސްގެ ބިމުގެ ކުލަ ފޮޓޯއެކެވެ. މި ފޮޓޯއާއެކު ޕްރިޒާވަރެންސް ރޯވާގެ ޓްވިޓާއެކައުންޓުން ކުރި ޓްވީޓުގައި ބުނީ ތަޖުރިބާ ކުރަން ވަރަށް ބޮޑު ސަރަހައްދެއް އެބައޮތް ކަމަށެވެ. އަދި މަސައްކަތް ފަށައިގަންނަން އިތުރަށް ކެތް ނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

ބައެއް ފޮޓޯތަކުގައި މާސްގައި ހުރި ގާތަކެއް ވެސް ފެނެއެވެ. މި ފޮޓޯތަކުން އެ ގާތަކަކީ ރޯވާގެ ފުރޮޅަށްވުރެ ކުދި ގާތަކެއްކަން އެނގެއެވެ.

ގާތައް ފެންނަ ގޮތަށް ރޯވާއިން ކުރި ޓްވީޓެއްގައި ވަނީ އެ ގާތަކަކީ ކޮން ވައްތަރެއްގެ ގަލެއްތޯ ސުވާލުކޮށްފައެވެ. އަދި އެއިން ކިޔައިދޭ ވާހަކައާއި އޭގެ ހަގީގަތް ހޯދަން މަޑު ނުކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
NASA has released some high-resolution, color images after its Perseverance rover landed on Mars. pic.twitter.com/lhUXEeRVtd
— DW News (@dwnews) February 19, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!