ސެމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގައި އުރީދޫ 5ޖީ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން މިހާރު ވަނީ އެކުންފުނީގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑުގެ ހިދުމަތްމާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިތައްހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ.

Ad
rt

މި ނެޓްވޯކާއެކު ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާލަސްތަކަށްވެސް ހައްލު ލިބޭނެ އެވެ. އަދި މީގެ ސަބަބުން އޮންލައިންކޮށް ގޭމް ކުޅުމުގައިދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމާއި ސީރީޒް ޑައުންލޯކޮށް، ސްޓްރީމް ކުރުމަށް ދާވަގުތު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ސެމްސަންގެ ފަހުގެ ފޯނުތައް މިހާރު އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމު "މޫލީ" މެދުވެރިކޮށްލިބެން ހުންނާނެ އެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ރާއްޖޭގެ ކޮންމެހިސާބަކަށް ވެސް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.