މިހާތަނަށް ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ނޭވީ ހަރަކާތް "އަމަން 21" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޕާކިސްތާނުން ބޭއްވި މި ހަރަކާތުގައި 45 ގައުމެއްގެ ނޭވީތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެމެރިކާ އާއި ރަޝިއާ، ޗައިނާ އަދި ތުރުކީ ފަދަ ބޮޑެތި ބާރުތައްވެސްހިމެނެއެވެ. މިއީ މި ގައުމުތައް ގުޅިގެން ބޭއްވި ފުރަތަމަ މިލިޓަރީ ހަރަކާތެވެ.
އަމަން އަކީ ޕާކިސްތާނުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނޭވީ ހަރަކާތެކެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް މިހަރަކާތުގައިބައިވެރިވުމުގެ ސަބަބުން މިއަހަރުގެ ހަރަކާތް ވަނީ ހާއްސަވެފައެވެ.
މި މަހުގެ 11 އިން 16 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި އިންޑިއާއިން ބައިވެރިނުވެއެވެ. އެ ގައުމުން ވަނީ ޕާކިސްތާނު އެކަހެރި ކުރުމަށް ކެމްޕޭންވެސް ކޮށްފައެވެ. ނަމަވެސް އަމަން ހަރަކާތުގައު 45 ގައުމަކުން ބައިވެރިވުމުން އިންޑިއާގެ ކެމްޕޭން ފޭލިވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މި ހަރަކާތުގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝާއި ސްރީލަންކާއިން ވެސް ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!