އިޓާލިއަން ކަޕްގެ ސެމީފައިނަލްގައި ނަޕޯލީ ބަލިކޮށް، ފައިނަލްގެ ފަހު ޖާގަ ޖާގަ އެޓަލާންޓާއިން ކަށަވަރު ކޮށްފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނަޕޯލީގެ ދަނޑުގައި ކުޅުނުއިރު އެ މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު އެޓަލާންޓާގެ ދަނޑުގައި ކުޅުނުއިރު މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އެޓަލާންޓާއިންނެވެ. އެޓަލާންޓާ ފައިނަލަށް ދަތުރު ކޮށްފައިވަނީ 3-1 ގެ އެގުރިގޭޓް ނަތީޖާއިން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އެޓަލާންޓާއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ކޮލަމްބިއާ ފޯވާޑް ޑުވަން ޒަޕާޓާއެވެ. އެ ލަނޑު ކާމިޔާބު ކުރިތާ ހަ މިނެޓް ފަހުން އެޓަލާންޓާގެ އިޓަލީ މިޑްފީލްޑަރ މަޓެއޯ ޕެއްސިނާ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެޓަލާންޓާ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނަޕޯލީގެ މިޑްފީލްޑަރ ބަކަޔޯކޯ އެޓަލާންޓާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ، ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ލޮޒަނޯއެވެ. މި ލަނޑާއިއެކު ނަޕޯލީއަށް އުންމީދެއް ލިބުނު ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒަޕާޓާގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޕެއްސިނާއއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 މެއި 2021 ގައެވެ. މި މުބާރާތުގެ ފައިނަލްގައި އެޓަލާންޓާ ބައްދަލު ކުރަންޖެހޭނީ އިންޓަ މިލާން ކަޓުވާލުމަށް ފަހު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޔުވެންޓަސްއާއެވެ.

މި މުބާރާތް 13 ފަހަރު ޔުވެންޓސް ކާމިޔާބު ކޮށްފައިވާއިރު، މި މުބާރާތް އެޓަލާންޓާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. މި މުބާރާތުގެ ފައިނަލުގައި އެޓަލާންޓާ އެންމެ ފަހުން ކުޅެފައިވަނީ 2019 ވަނަ ލާޒިއޯއާއި ދެކޮޅަށެވެ.