ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

ރައީސް މައުމޫނުގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖެއްސެވީ މިއަދު ސެނެހިޔާ ހޮސްޕިޓަލުގަ އެވެ.

Ad
rt

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ވނީ ކޯވިޑަށް ޕޮޒިޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކޮށްފައެވެ. ނަމަވެސް އެފަހަރ އެބަލީގެ ސަބަބުން އެމަނިކުފާނަށް އެއްވެސް ސީރިއަސް އުނދަގުލެއް ކުރިމަތިވެފައެއް ނުވެއެވެ.

ރައީސް މައުމޫން ކޯވިޑް ވެކްސިން ޖައްސަވާފައިވާއިރު، ރައީސް ޞާލިޙާއި ކުރީގެ ރައީސުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ވެސް ވަނީ ކޯވިޑް ވެކްސިން ޖައްސަވާފަ އެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަދި ވެކްސިން ޖެއްސެވިކަމަށް މައުލޫމާތު ހާމަވެފައެއް ނުވެއެވެ.

ކުރީގެ ރައީސުންގެ އިތުރުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލާއި، މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ކޯވިޑް ވެކްސިން ޖައްސަވާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު ރާއްޖެއިން އިއްޔެގެ ނިޔަލަށ 16،251 މިހުން ވަނީ ކޯވިޑް ވެކްސިން ޖަހާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ އޭރިއާއިން ވެކްސިން ޖެހި 13،428 މީހުންނާއި، އަތޮޅު ތަކުން 2،833 މީހުންނެވެ.

ރާއްޖެގައި ޖަހަމުން ދަނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.