އެންމެފަހުން ޔުނައިޓެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް މާސްއަށް ދަތުރުކޮށްފިއެވެ.
ޔޫއޭއީގެ “ހޯޕް” ޕްރޯބަށް މާސްއަށް ދެވުނީ އިއްޔެ ޔޫއޭއީ ގަޑިން ރޭގަނޑު 7:42ގައެވެ. މި މާސް މިޝަން ފުރިހަމަ ކުރީ އެ ގައުމުގެ މުހައްމަދު ބިން ރަޝީދު ސްޕޭސްސެންޓަރުގެ ޓީމަކުންނެވެ.
މިއީ މާސްއަށް ކާމިޔާބުކަމާއެކު ދަތުރުކުރި ފަސްވަަނަ ގައުމެވެ. އަދި މިއީ މާސްއަށް ދަތުރު ކުރި ދުނިޔޭގެ ފުރަތަމަ އަރަބި ގައުމެވެ. މާސްއަށް ދަތުރުކުރި ގައުމުތަކުގެތެރޭގައި އިންޑިއާ އާއި އެމެރިކާ ހިމެނެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މާސް މިޝަންތައް ކުރިއަށްގެންދާއިރު ގިނަ މިޝަންތައް ވަނީ ފެއިލްވެފައެވެ. ނަމަވެސް ޔޫއޭއީން މާސްއަށް ގޮސްފައި މިވަނީ ފުރަތަމަބުރުންނެވެ. މީގެ ކުރިން ފުރަތަމަ ބުރުން އެ ޕްެލެނެޓާ ހަމައަށް ދެވުނީ އިންޑިއާއިން އެކަންޏެވެ.
ޔޫއޭއީން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ހޯޕް ޕްރޯބް މާސްއަށް ގޮސްފައިވަނީ 204 ދުވަހުގެ ދަތުރަކަށްފަހުއެވެ. އެއީ 480 މިލިއަން ކިލޯމީޓަރެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!