ރާއްޖެއާއި ކައިރީގައި އޮންނަ ޗާގޮސް ރަށްތަކަށް އިނގިރޭސިވިލާތަށް ބާރު ނުފޯރުވޭނެ ކަމަށާއި އެއީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އދ ގެ "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" އިން ހުކުމްކޮށްފިއެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން މިހާރު ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާ ޚިލާފަށް ޗާގޮސް ރަށްތަކަށް ބާރުފޯރުވުން ވަގުތުން ހުއްޓާލައި އެ ރަށްތަށް މޮރިޝަސްއާ ހަވާލު ކުރުމަށް ވަނީ އަންގައިފައެވެ.
މި ހުކުމާއެކު މޮރިޝަސްއާއި ރާއްޖެއާ ދެމެދު "މެރިޓައިމް ބައުންޑްރީސް" އާ މެދު މަޝްވަރާ ކުރުމަށް ހުރަހެއް ނެތް ކަމަށް ވެސް އެ ޓްރައިބިއުނަލުން ވަނީ އަންގައިފައެވެ. އެ ޓްރައިބިއުނަލުން މިހެން އެންގީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ހަމަނުޖެހުންތަކެއް އުޅޭތީ މަޝްވަރާތައް ކުރަން ބޭނުން ނުވާކަމަށް ރާއްޖެއިން ބުނުމުންނެވެ.
ޗާގޮސް ރަށްތަކަކީ މޮރިޝަސްއަށް 1968 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އިނގިރޭސިވިލާތުން ބާރުގަދަ ކުރި ރަށްތަކެކެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް، "ޑިއޭގޯ ގާރސިއާ" އިނގިރޭސިވިލާތުން ވަނީ އެ ރަށުގެ މީހުން ޑީޕޯޓު ކޮށްލުމަސްފަހު އެމެރިކާގެ އެއާބޭސްއެއް ހެދުމަށް ދިގުމުއްދަތަކަށް އެ ގައުމަށް ކުއްޔަށްދީފައެވެ.
މި ހުކުމާއެކު އެ ރަށާމެދު ގޮތެއް ނިންމުމުގެ ބާރު ވެސް މޮރިޝަސްއަށް ވަނީ ލިބިފައެވެ. ނަމަވެސް މޮރިޝަސް އިން ވަނީ އެމެރިކާގެ ސިފައިންނަށް އެ ރަށުގައި ދިގު މުއްދަތަކަށް ތިބެވޭނެ ކަމަށް އެއްބަސްވެފަ އެވެ.
ޗާގޮސް ރަށްތަކަށް ޔޫކޭގެ ބާރު ނެތްކަމަށް އދ ގެ ކޯޓުން ހުކުމްކޮށްފި
އަޙްމަދު ވަހީދު
12:33
ޚުލާޞާ
ރާއްޖެއާއި ކައިރީގައި އޮންނަ ޗާގޮސް ރަށްތަކަށް އިނގިރޭސިވިލާތަށް ބާރު ނުފޯރުވޭނެ ކަމަށާއި އެއީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އދ ގެ “އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ” އިން ހުކުމްކޮށްފިއެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން މިހާރު ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާ ޚިލާފަށް ޗާގޮސް ރަށްތަކަށް ބާރުފޯރުވުން ވަގުތުން ހުއްޓާލައި އެ ރަށްތަށް މޮރިޝަސްއާ ހަވާލު ކުރުމަށް […]
ބައިތައް
ބައިނަލްއަގުވާމީ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!