ޗައިނާ ސަރުކާރުން، ޕާކިސްތާނަށް ހަދިޔާކުރި ކޯވިޑް19 ވެކްސިން އެ ގައުމަށް ފޮނުވައިފި އެވެ.
ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި، ޗައިނާއިން އެ ގައުމަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމަންޓް ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ބައިނަލްއަގްވާމީ ނޫސް އޭޖެންސީ ''ރޮއިޓާސް''ގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ޕާކިސްތާނަށް ހަދިޔާކޮށްފައި ވަނީ އެ ގަމުމުގެ ސަރުކާރުގެ ސިނޮފާރމްއިން ތަރައްގީކޮށް އުފެއްދި ކޯވިޑް ވެކްސިންގެ 500،000 ޑޯޒެވެ.
މި ޝިޕްމަންޓް ލިބުމާއި ގުޅިގެން ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޑރ. ފައިސަލް ސުލްތާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް ސެލިއުޓް ކުރަށްވާ ކަމަށާއި، ފުރަތަމަ ވެކްސިން ދޭނީ ވެސް އެ އޮފިޝަލުންނަށް ކަމަށެވެ.
"ﷲ އަށް ހަމްދުކުރަން. ސިނޮފާރމް ވެކްސިންގެ ފުރަތަމަ ބެޗް ޕާކިސްތާނަށް ގެނެވިއްޖެ. ޗައިނާއަށާއި މިކަން ހަގީގަތަކަށް ހެދުމުގައި ހިމެނޭ އެންމެނަށް ޝުކުރު ދަންނަވަން"
ޑރ. ފައިސަލް ސުލްތާން ވިދާޅުވިއެވެ.
Special Assistant to Prime Minister on Health Dr. Faisal Sultan thanked the Chinese government for gifting the #coronavirus vaccine to Pakistan. He said that the frontline healthcare workers will receive the vaccine in the first phase. @CathayPak @AmbNong @fslsltn @GovtofPakistan pic.twitter.com/RAjGTOUMbK
— Ministry of National Health Services, Pakistan (@nhsrcofficial) February 1, 2021
ޗައިނާއިން ހަދިޔާކުރި ބައިމިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޕާކިސްތާނަށް ގެނެސްފައި ވާއިރު، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު، މި ނިމުނު ޖެނުއަރީމަހު ވިދާޅުވެފައިވަނީ، މި ފެށުނު އޭޕްރީލްމަސް ނިމުމުގެ ކުރިން ޗައިނާއިން އިތުރު 1.2 މިލިއަން ޑޯޒްގެ ވެކްސިން ޕާކިސްތާނަށް ގެނެވޭނޭ ކަމަށެވެ.
ޕާކިސްތާނުންވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ވެކްސިންއަށް 150 މިލިޔަން ޑޮލަރު ބަޖެޓުކޮށްފައެވެ. އަދި އެ ޤައުމުގެ ސަރުކާރުންވަނީ މި ވެކްސިން އެ ޤައުމުގައި ބަލިޖެހިދާނެކަމަށް ބެލެވޭ 5 އިންސައްތަ މީހުންނަށް ދިނުމަށް ނިންމާފައެވެ.
223 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ޕާކިސްތާނުން މިހާތަނަށް 546,428 އަށްވުރެ ގިނަމީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި 11,683 މީހުން މަރުވެފައި ވެއެވެ.
ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާއިން އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާއިރު، އެ ގައުމުން އަންނަނީ އެ ގައުމުން އުފައްދާފައިވާ ބައެއް ވެކްސިންތައް ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވެސް އެކްސްޕޯޓްކުރަމުންނެވެ. އަދި އެންމެ ފުރަތަމަ މި ބަލި ފެތުރެންފެށި 1,406,240,960 އާބާދީއެއް އޮންނަ ޗައިނާއިން ވަނީ މި ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑު ކާމިޔާބީ އެއް ހޯދާފައެވެ.
އެ ގައުމުން މިހާތަނަށް މިބަށްޔަށް 89,564 މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމު މިހާރުއޮތީ ދުނިޔޭން މި ބަލި އެންމެ ގިނައިން ޖެހުނު މީހުން ހިމެނޭ ގައުމުތަކުގެ ލިސްޓްގެ 83 ވަނާގައެވެ. 26 މިލިނަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ މި ލިސްޓްގެ އެއްވަނާގައި އޮތްއިރު، ދެވަނާގައި އޮތީ 10 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އަވަށްޓެރި އިންޑިއާއެވެ. ތިން ވަނާގައި އޮތީ 9 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ބްރެޒިލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!