އޮސްޓްރޭލިޔާގެ ސިޓީއެއް ކަމަށްވާ ޕާރތްއިން ކޯވިޑް-19ގެ އެންމެ ކޭސްއެއް ފެނުމާއި އެކު، އެ ސިޓީއެއްކޮށް 5 ދުވަހުގެ ފުރަބަންދަކަށް ގޮސްފިއެވެ.
ކަރަންޓީނު ހޮޓެލެއްގެ ސެކިޔުރިޓީ ގާޑު މި ބައްޔަށް ޕޮޒިޓިވްވުމާއި އެކު، އެ ސިޓީ އެއްކޮށް 5 ދުވަހަށް ބަންދު ކުރުމަށް ވަނީ ކަމާބެހޭ ފަރާތްތަކުން ނިންމާފައެވެ. 2 މިލިޔަން މީހުން އުޅެމުންއަންނަ ޕާރތް އަކީ ގިނަ ޢަދަދެއްގެ ބޭރު މީހުންވެސް ދިރިއުޅެމުން އަންނަ ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ސިޓީގެ އިތުރުން އިންވެގެން އޮންނަ ޕީލް އަދި ސައުތް ވެސްޓް ރީޖަންގައި ދިރިއުޅޭ މީހުން ތިބެންޖެހޭނީ ގޭގައި ކަމަށް ވަނީ އިޢުލާންކޮށްފައެވެ.
ހޯމަ ދުވަހު ސްކޫލުތައް ހުޅުވޭ ގޮތަށް އޮތް އޮތުން ބަދަލުވެ، މި ހިސާބުތަކުގައި އުޅޭ ފަރާތްތަކަށް ކުރިއަށް 5 ދުވަހު ބޭރަށް ނުކުމެވޭނީ ހަމައެކަނި ކަސްތަރަށް، ބޭސްފަރުވާއަށް، ކާއެއްޗެހި ގަންނަން، ނުވަތަ ޒަރޫރީ ބޭނުމަކުއެވެ.
މިއީ ލޯކަލް ޓްރާންސްމިޝަންއަކުން ހުޅަނގު އޮސްޓްރޭލިޔާއިން 10 މަސްތެރޭގައި މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ.
"އަހަރެމެން ބޭނުންވަނީ މި ފަހަރު ވަރަށް އަވަހަށް ހަރުކަށިކޮށް މިކަން ބެލުމަށް. އަވަހަށް ކޮންޓްރޯލުކުރަން ބޭނުންނަމަ މި ގޮތަށް ކަންކުރަން ޖެހޭނެ ކަމަށް ބެލެވޭ"
ކަމާބެހޭފަރާތްތަކުން ލަފާކުރާ ގޮތުގައި، ބަލި ޖެހުނު މީހާއަށް ބަލި ޖެހިފައިވަނީ އެ ޤައުމަށް އެތެރެވި މީހެއްގެ ފުށުންނެވެ. އަދި މި ބަލިޖެހިފައިވާ ބޭރު މީހާއަށް ޖެހިފައިވަނީ މިހާރު އިނގިރޭސިވިލާތުގައި ހަލުވިކަމާއި ފެތުރެމުންދާ ކޯވިޑް-19ގެ އައު ވޭރިއަންޓްގެ ވައިރަސްކަމަށްވެސް މިހާރުވަނީ ބެލެވިފައެވެ.
މި ވަގުތު މި ފަރާތްތަކުން ޖީނޯމިކް ޓެސްޓިންގ ކުރިއަށް ގެންދާއިރު، ކެފޭ، ބާ އަދި އެހެނިހެން މީހުން އެއްވާ ސަރަހައްދުތައް މިހާރުވަނީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!