ޕާކިސްތާން ސަރުކާރުން މާދަމާއިން ފެށިގެން ވިސާގެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ޕާކިސްތާނަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދި ފޮރިން މިނިސްޓްރީއިން ވިދާޅުވީ ޕާކިސްތާން ސަރުކާރުން މެނުއަލްކޮށް ދެމުންގެންދިޔަ ވިސާގެ ހިދުމަތް 31 ޖެނުއަރީ 2021 އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އަދި ހަމަ އެދުވަހުން ފެށިގެން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެ ގައުމުން ވިސާގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
''އެގޮތުން "އޮން އެރައިވަލް" ވިސާ އާއި އަދި އެނޫންވެސް ހުރިހާ ވިސާގެ ހިދުމަތެއް 31 ޖެނުއަރީ 2021 އަށް ފަހު ދެމުން ގެންދާނީ އިސްވެ ދެންނެވުނު އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްގެ ލިންކް އަކީ www.visa.nadra.gov.pk އެވެ. އަދި ޕާކިސްތާން ވިސާއާއި ބެހޭ އިތުރު މައުލޫމާތުވެސް މި ލިންކް މެދުވެރިކޮށް ލިބިވަޱައިގަންނަވާނެއެވެ.''
ފޮރިން މިނިސްޓްރީއިން ވިދާޅުވެފަ އެވެ.
ޕާކިސްތާނުން ދޭ ވިސާގެ ޚިދުމަތްދޭ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމިއިރު، ދުނިޔޭގައި ފެތުރިފައިވާ ކޯވިޑްބަލީގެ 543،214 ކޭސް އެ ގައުމުން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ. ދުނިޔޭން އެންމެ ގިނައިން ބަލިޖެހުނު މީހުން ތިބި ޤައުމުތަކުގެ ލިސްޓްގެ 30 ވަނާގައި އެ ގައުމު އޮތްއިރު އެ ގައުމުން ވަނީ 11،623 މީހުން އެ ބަލީގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!