ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ‏ބެކްއަޕް ޖެެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީއާއި ފެނަކައާއި ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު އެމިނިސްޓްރީގަ އެވެ.

Ad
rt

ފެނަކައިންބުނީ، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮއްދިނުމަށް ހެލްތް މިނިސްޓްރީ ‎އާއި އެކުންފުންޔާ ގުޅިގެން ކުރެވޭ މަސައްކަތުގެތެރެއިން, އިތުރު 03 ހޮސްޕިޓަލެއްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރެވިފައިވާކަމަށެވެ.

‏އޭގެތެރޭގައި ހިމެނެނީ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި, ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އާއި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއެވެ. މިތިން ހޮސްޕިޓަލުގައިވެސް ބެކްއަޕް ޖެެނެރޭޓަރ ސިސްޓަމް ގާއިމް ކުރެވިގެންދާނެކަމަށް ފެނަކައިްނ ބުނެއެވެ.