ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ ކުރީގައި އުޅޭ އީލޯން މަސްކްގެ ސްޕޭސް އެކްސްގެ 'ފެލްކަން9' ރޮކެޓު 143 ސެޓެލައިޓާއިއެކު ޖައްވަށް އުދުއްސާލައިފިއެވެ.
ފެލްކަން9 ރޮކެޓު ދުނިޔޭގެ ޖައްވީ އިދާރާއާއި ދިމާލަށް ދަތުރު ފަށާފައިވަނީ ފްލޮރިޑާގައި ޤާއިމުކޮށްފައިވާ ޖައްވީ ސްޓޭޝަނުން ފްލޮރިޑާ ގަޑިން 10:00 ގައެވެ. މީގެ ކުރިން މި ރޮކެޓް ފޮނުވާލަން ހަމަޖެހިފައިވަނީ އޭގެ އެއްދުވަސް ކުރިން ނެވެ. އެއްދުވަސް ލަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ސްޕޭސް އެކްސްގެ ފަރާތުން އެންޑީ ޓްރޭން ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ މި ރޮކެޓާއި އެކު 133 ސަރުކާރުގެ ސެޓެލައިޓުގެ އިތުރުން ސްޕޭސް އެކްސްގެ 10 ސެޓެލައިޓު ހިމެނޭކަމަށެވެ.
"މިއީ އެންމެ ގިނަ ޢަދަދެއްގެ ސެޓެލައިޓް ހިފައިން ރޮކެޓެއް ޖައްވަށް ދަތުރުކުރާ ފަހަރު"
އޭނާގެ ވީޑިޔޯގައި ބުނެފައިވެއެވެ.
ސްޕޭސް އެކްސްގެ މިރޮކެޓު ޖައްވަށް ދަތުރުކުރަމުން ދަނީ "ރައިޑްޝެޔަރ"ގެ ދަށުންނެވެ. އޭގެ މާނައެއްގެ ގޮތުގައި އެ ކުންފުނިން ބުނެފައިވަނީ އެއީ އެހެނިހެން ކުންފުނިތަކުން އެ ކުންފުންޏަށް ފައިސާ ދެއްކުމުން އެ ކުންފުނިތަކުގެ ސެޓެލައިޓުތައްވެސް ޖައްވާ ހަމައަށް ގެންގޮސްދިނުމެވެ.
Falcon 9 launches 143 spacecraft to orbit — the most ever deployed on a single mission — completing SpaceX’s first dedicated SmallSat Rideshare Program mission pic.twitter.com/CJSUvKWeb4
— SpaceX (@SpaceX) January 25, 2021
ފެލްކަން9 އުދުއްސާލިތާ މިނެޓުތަކެއްފަހުން އޭގެ ބޫސްޓަރ ރޮކެޓުގެ މައިބަޔާއި ވަކިވެ، ވަނީ ސަލާމަތްތެރިކަމާއި އެކު ދުނިޔޭގެ ބިމުގައި ޖައްސާފައެވެ.
ސްޕޭސް އެކްސްގެ ފަރާތުން ޢާންމުކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ރޮކެޓުގައި ގެންދިޔަ ހުރިހާ ސެޓެލައިޓުތައްވެސް މިހާރު ސަލާމަތްތެރިކަމާއި އެކު ޖައްވަށް ދޫކޮށްލާފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!