‏ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ހެލްތް އާއި އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީއިން މިޕްރޮޖެކްޓާއިގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އަތޮޅުތެރޭގެ 5 ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކެޓްގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ލެވެލްއަށް ތަރަޢްޤީ ކުރުމުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއްކަމަށެވެ.

Ad
rt

މި ޕްރޮޖެކްޓް ހިންގާ ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް
ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ އަޙްމަދް އާދިލް އެވެ. އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަތޯ އަލީ އެވެ.

މިޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 72,190,246.91 (ހަތްދިހަ ދެމިލިއަން އެއްލައްކަ ނުވަދިހަހާސް ދުއިސައްތަ ސާޅީސް ހަ ރުފިޔާ ނުވަދިހަ އެއްލާރި) ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތަކީ 239 ދުވަހެވެ.

މި ޕްރޮޖެކްޓްގެ ދަށުބް 10 ބެޑްގެ ފުލްފްލެޖް އީއާރް، 2 އޯޓީ ކޮންމްލެކްސް އެއް. ( އޮޕަރޭޝަން ތިއޭޓަރ)، ލެބޯރެޓަރީ، ޕްރައިވެޓް ރޫމްސް، ރޭޑިއޮލަޖީ ޑިޕާޓްމަންޓް ގައި 2 އެކްސްރޭ ރޫމް، ސްކެން ރޫމް، ސީޓީ ސްކޭން އަދި އެމް އާރް އައި ހިމެނެ އެވެ. މީގެ އިތުރުން އެސްއެސްޑީ ހެދިގެންދާނެކަމަށާއި މިތަނުގައި 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެކަމަށް މަޢުލޫމާތުދެއެވެ.