ހަތަރު މީހުންނާއެކު ސ. ހިތަދޫ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، މިއީ ފަރުމަސްވެރިކަން ކުރަން އުޅުނު "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:35 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Ad
rt

އެ ދޯނި ފުންކޮށްދިނުމަށް އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އުރުނު ދޯނީގައި ތިބީ ހަތަރު މީހުން ކަމަށާއި އެއީ ތިން ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. ބިދޭސީ މީހާއަކީ ފަތުރުވެރިއެއްކަމަށާއި އެމީހާ މިހާރު ކައިރި ރިސޯޓަކަށް ގެންގޮސްފައިވާކަމަށާއި މީގެން މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އެފަރާތުން މަޢުލޫމާތުދެއެވެ.