ގިނަ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިން ދެމުންއަންނަ އިރު، ޑުބާއީގެ ރެސްޓޯރެންޓް ތަކުން، ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްއެއް ދިނުމަށް ނިންމައިފިއެވެ.

ޑުބާއީ އިން ކޯވިޑް-19 އާއި ދެކޮޅަށް ފުރަބަނދަކަށް ނުގޮސް މަސައްކަތްކުރަމުން އަންނަ އިރު، އެ ޤައުމުގައި ވެކްސިން ޖެހުމަށް ގިނަ ޢަދަދެއްގެ ކެމްޕޭން ތަކެއް އަންނަނީ ހިންގަމުންނެވެ.

Ad
rt

ޔޫއޭއީގައި މިހާތަނަށް 2.5 މިލިޔަން މީހުންނަށްވަނީ ވެކްސިން ދީފައެވެ. 10 މިލިޔަން މީހުންގެ ޢާބާދީއެއް އޮންނަ ޔޫއޭއީގައި ވެކްސިން ދެވިފައިވާ ރޭޓް އަކީ މި ވަގުތު ދުނިޔޭގެ ނިޞްބަތުން ދެވަނައެވެ.

ގިނަ ޢަދަދެއްގެ ލީފްލެޓް ފަދަ ތަކެތި ވެކްސިން ޖެހުމަށް ގޮވާލާ ރެސްޓޯރެންޓްތަކުގައި ބަހަމުން ދާއިރު، ގޭޓްސް ހޮސްޕިޓާލިޓީއިން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 10% ގެ ޑިސްކައުންޓެއް ދެމުންނެވެ. އަދި 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް 20% ދެމުން އަންނަ އިރު، ގިނަ ބަޔަކު މި ރެސްޓޯރެންޓް ތަކަށްވެސް އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

މި ފަދަ ޑިސްކައުންޓްދޭ ރެސްޓޯރެންޓްތަކުން އަންނަނީ ވެކްސިން ދީފައިވާ ކަމުގެ ލިޔުމަށް ބަލައި ޑިސްކައުންޓް ދެމުން ކަންވެސް ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު މި ކަމަށް ތަރުހީބުދެމުން އަންނަ އިރު، އަނެއް ބަޔަކު އަންނަނީ މީސްމީޑިޔާގައި މިކަމަށް ހަޖޫ ޖަހަމުންނެވެ.

އެ ޤައުމުގައި ހުއްދަދީފައިވަނީ ޗައިނާގެ ސިނޯފާރމް އަދި އެމެރިކާގެ ފައިޒާ އަދި ޖަރުމަނުގެ ބަޔޯއެންޓެކްގެ ވެކްސިންއަށްވެސް މިހާރު ހުއްދަ ދީފައެވެ.

ޑުބާޢީއަށް އަންނަން އޮތް ފައިޒާ ވެކްސިންގެ ޝިޕްމެންޓް ޑިލޭ ވެފައިވީނަމަވެސް، އަދިވެސް އެ ޤައުމުގައި ސިނޯފާރމްގެ ވެކްސިން އަންނަނީ ލިބެމުންނެވެ. މިދިޔަ އައު އަހަރު ފެށުން ދުވަސްވަރު އެ ޤައުމުގައި ކޯވިޑް-19ގެ ކޭސްތައް ވަނީ އިތުރުވެފައެވެ.