ރައްޔިތުންގެ މަޖިލީހުން ''ޓިކްޓޮކް'' އެކައުންޓެއް ބޭނުންކުރަން ފަށައިފި އެވެ.
މިގޮތުން ރައްޔިތުންގެ މަޖިލިސްއިން ކުރި ޓުވީޓެއްގައި ބުނީ، އެ އިދާރާއިން ޓިކްޓޮކް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މަޖިލީހުގެ ޓިކްޓޮކް ހޭންޑްލްގެ ނަނަމަކީ "ޕީޕްލްސް މަޖިލިސް" އެވެ.
މަޖިލީހުގެ ޓިކްޓޮކް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯ އިން ފެންނަނީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ ބަޔާން އިއްވާ މަންޒަރެވެ. އަދި އެ ވީޑިއޯ ނިންމާލަމުން ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ބުނެފަ އެވެ.
ޓިކްޓޮކަކީ ދުނިޔޭގައި މުނިފޫހި ފުލިވުމަށް ވަރަށް މަގުބޫލުކަން ހޯދާފައިވާ އެޕެކެވެ. އަދި މި އެޕަކީ ދިވެހި ރާއްޖޭގައި ވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ އެޕެކެވެ.
ރައްޔިތުން މަޖިލިސްއިން ޓްވީޓަރ، ފޭސްބުކް، އިންސްޓަގްރާމް ފަދަ އެޕްތައް ވެސް ބޭނުން ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!