ބައިޑެން ވެރިކަމާއި ހަވާލު ވުމާއި އެކު، އޯވަލް އޮފީހުގެ ކަންކަމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ތަފާތު ބަދަލެއްގެ ގޮތުގައި ފެނިފައިވަނީ، ކުރީގެ ރައީސް ޓްރަމްޕް ބެހެއްޓެވި 'ޑައެޓް ކޯކް ބަޓަން' ނެންގެވުމެވެ.
ގިނަ ޚަބަރުތައް ބުނާ ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގައި އޭނާ ފަރިއްކުޅުއްވުމަށް ޑައެޓް ކޯކް ގެނައުމަށް ބަޓަންއެއް ވަނީ ޚާއްސަކުރެވިފައެވެ. ބުރާސްފަތި ދުވަހު، ބައިޑެން ހުވާ ކުރެއްވުމަށްފަހު، އޯވަލް އޮފީހުގައި ނެންގެވި ފޮޓޯތަކުގައި، އޭނާގެ މޭޒުމަތީގައި މި ބަޓަންއެއް ނެތެވެ.
"ރައީސް ބައިޑެން ވަނީ ކުރިން މޭޒުމަތީގައިވާ ޑައެޓް ކޯކް ބަޓަން ނަންގަވާފައި. މީގެ ކުރިން އަހަރެން 2019 ގައި ޓްރަމްޕްއާއި އިންޓަވިޔު ކުރި އިރު ވަރަށް ވިސްނިން އެ ރަތް ބަޓަން އަކީ ކޯންޗެއްތޯ. އެންމެ ފަހުން ޓްރަމްޕް އެއަށް ފިއްތާލި، ފިއްތާލުމާއި އެކު، ބަޓްލަރެއް ރިހި ޕްލޭޓްއަކަށް ލައިން ޑައެޓް ކޯކް އެއް ގެނައި."
ޖާނަލިސްޓް ޓޮމް ނިޔުޓަން ޑަން ވިދާޅުވިއެވެ.
ދަ ހިލް އިން ރިޕޯޓުކުރާ ގޮތުގައި، ޓްރަމްޕް މި ރަތް ބަޓަން އޯވަލް ޑެސްކް މަތީގައި ބެހެއްޓުމުގެ އެއް ބޭނުމަކީ، ޑައެޓް ކޯކް އަބަދުމެ ލިބިލިބި ހުރުމަށެވެ. އަދި ވީހަވެސް ވަގުތު ސަލާމަތްކޮށް، ޓްރަމްޕްއަށް އެ ބޭނުން ޖެހޭ ވަގުތު ލިބޭނެ އިންތިޒާމް އެންމެ ފަސޭހަ ކަމާއި އެކު ޤާއިމުކުރުމަށެވެ.
ގިނަ މީޑިޔާ ރިޕޯޓުތަކުން މީގެ ކުރިން ލިޔުނު ޚަބަރުތަކަށް ބަލާއިރު، ޓްރަމްޕް އޮފީހުގައި އުޅޭ ދުވަހެއް ނަމަ، 12 ވަރަކަށް ދަޅު ޑައެޓް ކޯކް އޮފީހަށް ގެނެއެވެ. ރަތް ބަޓަންގެ ވަހާކަ ދައްކަމުން ކްރިސް ސިމްސް އޭނާގެ ފޮތުގައި ބުނެފައިވަނީ، ބައެއް ފަހަރު ޓްރަމްޕް އެ ރަތް ބަޓަން އަކީ ނިޔުކްލިއަރ ހަތިޔާރު ބޭނުން ކުރުމަށް ބޭނުން ކުރާ ބަޓަން އެއް ކަމަށް ބުނެ ސަމާސާވެސް ކުރާ ކަމަށެވެ.
ބައިޑެން މި ބަޓަން ނެންގެވި ނަމަވެސް، ގިނަ ބަޔަކު ވިދާޅުވި ގޮތުގައި ބައިޑެންއަކަކީވެސް މި ފަދަ ބުއިންތަކަށް ހިތް ކިޔާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!