ސްޕޭންގެ ރެއާލްމެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާކަން ރެއާލްގެ ރަސްމީ ޓުވީޓާ އެކައުންޓުން ވަނީ ޔަގީން ކޮށްދީފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ގިނަ ކުޅިވަރު ނޫސްތަކެއްގައި ވެސް ވަނީ އެކަން ރިޕޯޓް ކޮށްފައެވެ.

Ad
rt

އުމުރުން 48 އަހަރުގެ ޒިދާން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރެއާލުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޒިދާން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ، ތިން ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްކޮޔާނޯ އަތުން 2-1 ބަލިވެ، ރެއާލް މެޑްރިޑް ސުޕެނީޝް ކަޕުން ކަޓާފައި ވަނިކޮށެވެ.