ބަރަހަނާ މަންޒަރުތައް ބެލުމަކީ ދެވިހިފާކަމެއް ކަމަށާއި، އެކަމުގެ ގެއްލުން އެކަންކުރާ މީހުންގެ މުޅި ދިރިއުޅުމަށް ކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

Ad
rt

ސެއިޚް ވިދާޅުވީ، ބަރަހަނާ ވީޑިއޯ، ފޮޓޯ ބަލައި ހެދުމަކީ މީހާ އެއަށް ދެވިހިފާ ކަމެއް ކަމަށެވެ. އަދި އެތަކެއްޗަށް ދެވިހިފައިފިނަމަ އެކަމުން ދުރުވާން އުނދަގޫވާނެ ކަމަށް ސެއިޚް ވިދާޅުވިއެވެ.

''ބަރަހަނާ ވީޑިއޯ، ފޮޓޯ ބަލައި ހެދުމަކީ މީހާ އެއަށް ދެވިހިފާ ކަމެއް، ދެވިހިފައިފިނަމަ އެކަމުން ދުރުވާން އުނދަގޫވާނެ، އޭގެ ގެއްލުން މީހާގެ މުޅި ދިރިއުޅުމަށް ކުރާނެ''

ސެއިޚް އިބްރާޙީމް ރަޝީދު ވިދާޅުވިއެވެ.

ބަރަހަނާ މަންޒަރުތައް ބެލުމަކީ ދެވިހިފާކަމެއް ކަމަށާއި، އެކަމުގެ ގެއްލުން އެކަންކުރާ މީހުންގެ މުޅި ދިރިއުޅުމަށް ކުރާނެ ކަމަށް ސެއިޚް އިބްރާހިމް ރަޝީދު ވިދާލުވެފައިވާއިރު، އެފަދަ މަންޒަރުތައް ފެންނަ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ ވަސީލަތްތައް ރާއްޖޭގައި ބްލޮކް ކޮށްލުމަށް ދޭތެރެ ދޭރެއިން ބައެއް އާންމުންނާއި، ދީނީ ޢިލްމްވެރިން ގޮވައިލަމުން ދެއެވެ.