މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ 5ޖީ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމަށްވާ 5ޖީ ލިބޭ ސެމްސަންގް ފަހުގެ ފޯނު އެ ކުންފުނިން އޮންލައިންކޮށް މިހާރު ޕްރީއޯޑަރު ކުރެވޭނެ އެވެ.
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ފޯނުތަކަށް މި ފޯނުތަކަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފޯނުތަކަށް އޯޑަރު ކުރެވޭނެ އެވެ.
މި ފުރުޞަތުގެ ދަށުން ޕްރީއޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް ސީރީޒްގެ ފޯނަކާއެކު، ކޮންމެ މަހަކު ދެ ޖީބީ ޑޭޓާ، ހަ މަސް ދުވަހަށް ހިލޭ ލިބޭނެ އެވެ. އަދި ޕްރީއޯޑަރު ކުރާ ކޮންމެ ފޯނަކާ އެކު ސްމާޓް ޓެގަކާއި "ގެލެކްސީ ފިޓް 2" ފިޓްނަސް ބޭންޑެއް ލިބޭނެ އެވެ.
މީގެއިރުން ޕްރީއޯޑާ ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާއަކާ އެކުވެސް ހިލޭ ޑޭޓާ އެކު ސްމާޓް ޓެގެއްގެ އިތުރުން ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބޭއިރު، ގެލެކްސީ އެސް 21 ޕްލަސް ސީރީޒް ޕްރީއޯޑަރު ކުރުމުން އީސިމް އަޕްގްރޭޑް ވެސް މުޅިން ހިލޭ ލިބެއެވެ.
ސެމްސަންގް ފަހުގެ ފޯނު ވިއްކާ އަގު
- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް: އަގު 22،799ރ. (256ޖީބީ)
- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ: އަގު 27,399ރ. (256ޖީބީ)
އުރީދޫން ދަނީ މަގުބޫލު އެންމެ ފަހުގެ ފޯނުގެ ވައްތަރުތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ މަގު އަބަދުވެސް ތަނަވަސްކޮށް ދެމުންނެވެ. އަދި އެ ކުންފުނިންދަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޒަމާނީ ގިނަ ފަސޭހަތަކެއް ގެނެސްނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!