ތިން ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްކޮޔާނޯ އަތުން 2-1 ބަލިވެ، މަޝްހޫރު އަދި އަގުބޮޑު އެތައް ކުޅުންތެރިންނެއް ހިމެނޭ ރެއާލް މެޑްރިޑް ސުޕެނީޝް ކަޕުން ކަޓައިފި އެވެ.

މުބާރާތުގެ ގަދަ 32 ޓީމް ވާދަކުރާ ބުރުން ކުރިއަށްނުދެވި ރިއާލް ކެޓި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފް ކުޅުނު މެޗުގައި ރެއާލް ބަލިވީ މިލިޓާއޯގެ ލަނޑުން ފުރަތަމަ ލަނޑު ޖަހާ ލީޑްވެސް ނަގާފައިވަނިކޮށެވެ. މެޗުގެ 80 ވަނަ މިނެޓްގައި އަލްކޮޔާނޯ އިން ނަތީޖާ ހަމަހަމަ ކުރީ ހޯޒޭ ސޮލްބެސް އެވެ.

Ad
rt

އަލްކޮޔާނޯގެ ރާމޮން އަށް ރަތް ކާޑު ދެއްކިތާ ފަސް މިނެޓް ފަހުން ހުއަނާން ވަނީ އަލްކޮޔާނޯ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެ މެޗަށްފަހު ކޯޗު ޒިދާން ބުނީ ބަލީގެ ޒިންމާ އޭނާ ނަގާކަމަށެވެ. ޒިދާން ބުނީ، އަބަދުވެސް މެޗުން ބަލިވުމުން އޭނާގެ ކުރމަގާ ބެހޭގޮތުން ސުވާލު އުފަދާ ކަމަށެވެ. އޭނާގެ ކުރިމަގާ ބެހޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމަށް ޒިދާން ބުންޏެވެ.