ތައިލެންޑްގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސްތަކެއް ރައްދުކުރި އެ ޤައުމުގެ އަންހެނަކު 43 އަހަރަށް ޖަލަށްލުމަށް ހުކުން ކޮށްފި އެވެ.

މި އަންހެން މީހާގެ މައްޗަށް ހުކުން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ޤައުމުގެ ޤާނޫނީ މާހިރުން ބުނާ ގޮތުގައި، މިއީ އެ ޤައުމުގެ ހަޔާތުގައިވެސް، މި ފަދަ ކުށެއްގައި މީހަކަށް މިހާ ބޮޑު އަދަބެއް ދިން ފުރަތަމަ ފަހަރެވެ.

Ad
rt

އެ ޤައުމުގެ ޤާނޫނު ބުނާ ގޮތުގައި، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސް ބުނުމާއި، އެ ޢާއިލާއާއި ނިޞްބަތްކޮށް ދޮގު ވާހަކަ ފެތުރުމާއި، އެ ޢާއިލާއަށް ނިޞްބަތްކޮށް ހަޑި ހުތުރު ވާހަކަ ދެއްކުމަކީ އެ ޤައުމުގެ ޤާނޫނު އަސާސީގެ ކުރިމަތީގައި ކުށެކެވެ. 43 އަހަރުގެ އަންޗަން ވަނީ ތަފާތު އެކި އެކި ދަޢުވާތަކަށް ރިޢާޔަތްކޮށް ކޯޓުގެ އަޑުއެހުމުގައި މުޅި އެކު83 އަހަރުގެ ޖަލު ހުކުމަކަށް ދަޢުވާކޮށްފައެވެ. އަންޗަންގެ ކުރީ ނަން ވަނީ ހިޔުމަން ރައިޓްސް ލޯޔަރުންގެ ލަފާގެ މަތިން ސިއްރުކޮށްފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ، އޭނާގެ ޢާއިލާ ހިމާޔަތް ކުރުމަށެވެ.

ކޯޓުން އަންޗަންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ރިޢާޔަތްކޮށް އަދަބު ލުއި ކޮށްދީ ދަޢުވާ އުފުލާފައިވާ އަހަރުތައް ދެބައި ކޮށްދީފައިވަނީ، ދަޢުވާއަށް އެއްބަސްވުމުގެ ސަބަބުންނެވެ.

އަންޗަން އެންމެ ފުރަތަމަ ހައްޔަރުކުރެވިފައިވަނީ 2015 ވަނަ އަހަރު ޕޮޑްކާސްޓްއަކުން ޝާހީ ޢާއިލާއަށް ހަޖޫ ޖެހިމައްސަލައެއްގައެވެ. އަދި އޭނާ ވަނީ 3 އަހަރު ޖަލުގައި ބެހެއްޓުމަށްފަހު ބެއިލްގެ ދަށުން އަލުން ދޫކޮށްލާފައެވެ.