ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟިލް އާދަމް އާޒިމް އެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ މި މަސައްކަތަކީ ފެލިވަރުގައި ވޯލްޑްސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ
ތެރެއިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާ ގުޅިގެން، މި މަސައްކަތަށް ބޭނުންވާ ބިންހިއްކުމާއި ބޮޑެތި ބޯޓު ކައިރި ކުރެވޭގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ކޮންސްޓްރަކްޓް ކުރުމަށްޓަކައި ހިންގޭ މަޝްރޫޢުއެއް ކަމަށެވެ.
މިމަޝްރޫޢުތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާރޑް ޕޭމަންޓް އުސޫލުން ސަރުކާރު ބަޖެޓުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- 218.9 މީޓަރ ގެ ބޮޑުހިލަ ބޭރުތޮށި
- 574.6 މީޓަރ ޝީޓްޕައިލް ޖެހުން
- 264.8 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 2,466 ސްކެއަރ މީޓަރ ޕޭވްމަންޓް
- 9 ބޮލަރޑް ހަރުކުރުން
- 95 ފެންޑަރ ހަރުކުރުން
- 179,780.40 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި ބިން ހިއްކުން
މި މަޝްރޫޢުގެ އަގަކީ 113,398,222.04 ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މުއްދަތަކީ 365 ދުވަހެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރި އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!