ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ސީއީއޯ އެއް އައްޔަނުކޮށްފިއެވެ.
އެ އޭޖެންސީގެ ސީއީއޯއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ހަބީބެވެ. އޭނާ މި މަގާމަށް އައްޔަނުކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ.
އެ އޭޖެންސީގެ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އޭޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމާއި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމެވެ. އެ މަގާމުގެ މުސާރައިގެ ގޮތުގައި 18,000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ، އަދި ލިވިން އެލަވަންސްގެ ގޮތުގައި 12,500 ރުފިޔާ ލިބޭނެއެވެ.
Heartiest Congratulations to Mr. Mohamed Habeeb on his appointment as the CEO of National Drug Agency. pic.twitter.com/EDw9sbNudd
— National Drug Agency (@NDA_MV) January 18, 2021
ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.
އެންޑީއޭއަށް އާ ސީއީއޯ އެއް އައްޔަނުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެންޑީއޭއަށް އާ ސީއީއޯއެއް އައްޔަނުކޮށްފައި ވާއިރު، އެ އިދާރާއަށް ފަހަކަށް އައިސް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ޗޭންޖް އެންޑީއޭގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!