މާލޭ ސިޓީގެ، ހުޅުމާލޭގައި ހުންނަ ޣާޒީ ސުކޫލުގެ ޓީޗަރަކާއި، މާލޭގައި ހުންނަ ޖަމާލުއްދީން ސުކޫލް (ޖޭއެސް)ގެ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ ޣާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައިވާއިރު، އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސިީން ބުންޏެވެ.
މީގެ އިތުރުން ޖޭއެސްއިން މިއަދު ޕޮޒިޓިވްވި ދަރިވަރަކީ ގްރޭޑް 9 އެއްގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް އެޗްއީއޯސީން ބުންޏެވެ. އަދި އެ ކޭހާއި ގުޅިގެން މިހާތަނަށް ކޮންޓެެކްޓުންގެ ގޮތުގައި ހަތަރު ދަރިވަރަކު ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ޣާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އަދި މާލޭގެ ބިލަބޮންގް ސްކޫލްގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކުވެސް މިއަދު ވަނީ ކޯވިޑް އަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޓީޗަރަކުވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެ ޓީޗަރާއި ޑައިރެކްޓް ކޮންޓެކްޓްވި ޓީޗަރުންތަކެއް ކަރަންޓީނު ކޮށްފައިވާއިރު، އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވި ޓީޗަރާއި ކޮންޓެކްޓުވި އެހެން ޓީޗަރުން އޭނާއާ ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަމަށްވާތީ އެ ސްކޫލުގެ އެއްވެސް އިތުރު ދަރިވަރަކުވެސް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭނެކަމަށް އެޗްއީއޯސީން ބުނެފައި ފައިވެއެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް އަނެއްކާވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށުން ދަނީ އިތުރު ކޭސްތައް ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!