މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން މިދިޔަ 2020 ވަނަ އަހަރު ހިންގުމުގެ ހަރަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 14 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ، މިދިޔަ އަހަރު އެކުންފުނީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފައިވާކަމަށެވެ.
މިދިޔަ އަހަރު އެކުންފުނީގެ ބަޖެޓުގައި އިދާރީ އަދި ހިންގުުމުގެ ހަރަދަށް 838.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ ކަމަށް ހަރަދު ކުރީ 541 މިލިއަން ރުފިޔާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރެވިފައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރު އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިން، މެނުފެކްޗަރިން، ފެނާއި ނަރުދަމާގެ ހިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރު ގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރު ގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރު ގައި 94.8 މިލިއަން ރުފިޔާހަރަދު ކޮށްފައި ވެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ކުންފުނީގެ ހަރަދުތަކާއި އަޅާބަލާއިރު، 2020 ވަނަ އަހަރު އިންޖިނިއަރިން ދާއިރާއިން ކުރި ހަރަދުތައް ހަ ޕަސެންޓުު ކުޑަކުރެވިފައިވާ ކަމަށާއި، މެނުފެކްޗަރިން ގެ ހަޚަރަދުތައް 14 ޕަސެންޓު ކުޑަކުރެވިފައިވާ ކަމަށާއި، ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓު ފެނާ ނަރުދަމާގެ ހިދުމަތައް ކޮށްފައިވާ ހަރަދުތައް 15 ޕަސެންތު ކުޑަ ކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންނެވެ.
އެ ކުންފުނިން ބުނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކަށް އެއްބާރުލުންދިނުމަށް އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކޮށްފައިވާނެ ކަމަށެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ވަނީ 4.5 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. މީގެތެރޭގައި، ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!