މިރެއިން ފެށިގެން މާލޭގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 22:00 އިން 00:00 އާއި ދެމެދުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ނިންމާފައިވާ ނިންމުން އެކުންފުނިން ހަނދާންކޮށްދީފި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 އިން ފެށިގެން ކަމަށެވެ. ހެނދުނުން ފެށިގެން ބަޔެއް ގޭބީސީތަކުން ކުނި ނެރުމުންދާތަން ފެނަން ކަމަށާއި މިރޭ22:00 ގެ ކުރިން ކުނި މަގުމައްޗަށް ނުނެރުމަށް ވަނީ އެދި ފައެވެ. ކަމަށެވެ.
މިނޫން ގަޑިތަކުގައި ކުނި ނުނެރުމަށް ލޮބުވެރި ކަސްޓަމަރުންގެ އަރިހުން އެދެމެވެ.
ވެމްކޯއިން މިއަދު ކުރު ޓުވިޓެއްގައި އެދިފައިވެއެވެ.
We ask our valued customers in Malé to refrain from putting out waste before 22:00 hrs tonight. Our newly revised waste collection hours for households in Malé comes into affect later tonight. https://t.co/Q2RncG1qHs
— Waste Management Corporation Limited (WAMCO) (@WAMCOmv) January 10, 2021
މި ބަދަލާއެކު މީގެ ކުރިން މެންދުރު 12:00 އިން 2:00 އަށް ގޭގެއިން ކުނި ނެރެމުން އައި ގަޑިއަށް ބަދަލު ގެނެސް މިރެއިން ފެށިގެން ގޭގެއިން ކުނި ނެރެން ޖެހޭނީ 10:00 އިން 12:00 އާއި ދެމެދުއެވެ.
މީގެ ކުރިން ވެމްކޯ އިން ގޭގޭގެ ފަންގިފިލާތަކަށް އަރައިގެން ކުނި ނެގިނަމަވެސް ކޮވިޑް19ގެ ހާލަތާ ގުޅިގެން ކުނި ނެގުމަށް ބަދަލު ގެނެސް ގޭގޭގެ ތިރިއަށް ކުނި ނެރެފައި ބަހައްޓާގޮތަށް ނިންމިއެވެ.
ކުނި ނަގާ ވަގުތަށް ބަދަލު ގެނައި ނަމަވެސް އަދިވެސް ގޭގެއިން ޖެހޭނީ ކުނި ބޭރަށް ނެރޭށެވެ. މިކަން ބަދަލުވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެމްކޯ އިން ވަނީ ބުނެފަަ އެވެ.
މި ބަދަލާއި ގުޅިގެން ކަސްޓަމަރުން ސަމާލުކަމަށް ވެމްކޯއިން އެދިފައިވާ ކަންކަން:
- މި އައު އުސޫލަށް އަމަލުކުރަން ވާނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން، މާލެ ސިޓީގެ ގެބީސީތައް އެކަންޏެވެ.
- ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިންނެވެ.
- އަދި މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!