އިންސާނުން އުފައްދާފައިވާ އާރޓިފިޝަލް (މަސްނޫޢީ) ހިތަކަށް ހުޅަނގުގެ ޤައުމުތަކުން ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ކާރމެޓްގެ 7 އަހަރުގެ ޙަޔާތުގައި ދުވަހަކުވެސް ސްޓޮކްގެ ލެވެލް މައްޗަށް ނުދާހާ މައްޗަށް ވަނީ މި ހުއްދަ ދިނުމާއި އެކު ގޮސްފައެވެ. މި މަސައްކަތަކީ، އެ ކުންފުނިން ކުރަމުން އަންނަތާ 27 އަހަރުވެފައިވާ މަސައްކަތެކެވެ. މިއީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން އޭރޯ ސްޕޭސް ކުންފުންޏަކުން އެކުވެގެން ކޮށްފައިވާ މަސައްކަތެކެވެ.

Ad
rt

ކާރމެޓްއަށް ވަނީ މިދިޔަ މަހުގެ ތެރޭގައި ސީއީ މާރކް މި އުފެއްދުމަށް ލިބިފައެވެ. މީގެ މާނައަކީ މިހާރު މި އުފެއްދުން ޔޫރަޕިއަން ޔޫނިއަންއަށް ވިއްކުމުގެ ހުއްދަ އެ ކުންފުންޏަށް ލިބިގެން ދިޔުމެވެ. އަދި މިއީ މި ސަރަހައްދުގައި ދިރިއުޅެމުންއަންނަ ހިތުގެ ބޮޑެތި އޮޕަރޭޝަން ކުރަން ޖެހިފައިވާ ބަލިމީހުންނަށް ލިބޭނެ އުންމީދެއްކަމުގައި ބެލެވެއެވެ.

އޮޕަރޭޝަން ޑޮކްޓަރ އަދި ހިތުގެ މަސްނޫޢީ 'ވަލްވް' އުފައްދާފައިވާ މަޝްހޫރު ޑޮކްޓަރ އެލައިން ކާރޕެންޓިއަރ ފްރާންސްގެ ކަމާބެހޭ ފަރާތްތަކަށް މި މަސްނޫޢީ ހިތް އުފެއްދުމަށް ހުށަހަޅާފައިވަނީ1993 ވަނަ އަހަރުގެތެރޭގައެވެ. މި މަސައްކަތަކަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން އެލައިންއާއި އެކު މަސައްކަތް ކުރުމަށް އިންޖިނިއަރުންގެ އިތުރުން މިސައިލް އުފައްދާ ސައިންޓިސްޓުންވެސް ވަނީ ބައިވެރިކޮށްފައެވެ. އަދި މި މަސައްކަތް ދިގު އަހަރުތަކަކށް ދިގުދެމިގެންދިޔައެވެ.

ސީއީ މާރކް ހޯދުމަށް ކާރމެޓްއަށް10 އަހަރު ދުވަހު ކެނޑިނޭޅި މަސައްކަތް ކުރަން ޖެހުނެވެ. އަދި މިކަމާއި ގުޅިގެން ކާރމެޓްގެ ސީއީއޯ ސެޓެފޭން ޕިއަޓް ވިދާޅުވެފައިވަނީ މިއީ ރެކޯރޑެއްކަމަށާއި، މިއީ އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި މިހާރު އެކުންފުނިން މަސައްކަތް ކުރަން ޖެހިފައިވަނީ މެޑިކަލް ޑޮކްޓަރުން ތަމްރީނު ކުރުމަށާއި، އަދި މި ހިތް ބޭނުން ކުރެވޭނެ ބަލިމީހުން ހޯދުން ކަމަށެވެ.

ކާރމެޓުން މިވަގުތުން ކުރަމުން އަންނަ އަނެއް މަސައްކަތަކީ، މި ހިތް ގިނަ ޢަދަދަކަަށް އުފެއްދުމުގެ މަސައްކަތެވެ. އަދި އެކުންފުނީގެ ފަރާޓުން މި މަސްނޫޢީ ހިތް ވިއްކުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ2 ވަނަ ކުއާރޓަރގެ ތެރޭގައެވެ.