20 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔެ ދެކެފައިވާ އެންމެ ވިސްނުންތޫނު އެންމެ މޮޅު ސައިންޓިސްޓަކީ އެލްބާރޓް އައިންސްޓެއިންއެވެ. ޖަރުމަނަށް އުފަން މި ތިޔޮރެޓިކަލް ސައިންޓިސްޓްއަކީ ތަފާތު ގިނަ އީޖާދުތަކެއް ދުނިޔެއަށް އުފަން ކުރުވާފައިވާ މީހެކެވެ.
އައިންސްޓެއިންއަށް ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ނޯބެލް ޕްރައިޒްވެސް ލިބިފައެވެ. އޭނާއަށް މި އިނާމު ލިބިފައިވަނީ އޭނާގެ މަޝްހޫރު ތަހުލީލީ މަސައްކަތް ކަމަށްވާ، ތިއޮރީ އޮފް ރިލޭޓިވިޓީ އަދި ލޯ އޮފް ފޮޓޯ އިލެކްޓްރިކް އިފެކްޓްއަށެވެ.
އައިންސްޓެއިން އަކީ ދުނިޔެ ދެކެފައިވާ ނުވާ ފަދަ ސައިންޓިސްޓަކަށް ވުމުގެ ސަބަބުން، އޭނާގެ ސިކުނޑި އަކީ އާދަޔާ ޚިލާފު ސިކުނޑިއެއްކަމަށް އޭނާ ދުނިޔޭގައި ހުއްޓާ އެހެނިހެން ޑޮކްޓަރުން ބުނަން ފަށައިފިއެވެ. މި ގޮތުން، އޭނާ މަރުވުމަށްފަހު އެންމެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ފެނިފައިވަނީ، އޭނާ މަރުވުމުގެ 7 ގަޑި އިރު ފަހުން އޭނާގެ ސިކުނޑި ވަގަށްނެގުމެވެ.
އޭޕްރިލް 18 ވަނަ ދުވަހު އައިންސްޓެއިން ޕްރިސްޓަންގެ ހޮސްޕިޓަލެއްގައި މަރުވުމާއި އެކު، އޭނާގެ ސިކުނޑި ވަގަށް ނަގާފައިވަނީ ޕެތޮލޮޖިސްޓް ތޯމަސް ސްޓޯލްޓްޒް ހާވީ އެވެ. ނަމަވެސް، ދުނިޔޭގައި ހުރި ދުވަސްވަރުގައި، އައިންސްޓެއިން ވަނީ އޭނާގެ ހަށިގަނޑުގެ އެއްވެސް ބައެއް ހޯދާ ދަސްކޮށް ދިރާސާ ނުކުރުމަށްވެސް އެދިފަ އެވެ.
އައިންސްޓެއިން މަރުވުމާއި އެކު، އޭނާގެ ސިކުނޑި ހާވީ ވަގަށް ނަގާފައިވަނީ އޭނާގެ ހުއްދައަކާއި ނުލައެވެ. އަދި އައިންސްޓެއިންގެ އާއިލާގެ ހުއްދައަކާއިވެސް ނުލައެވެ. ނަމަވެސް، ފަހުން ހާވީ މި ސިކުނޑި ވަގަށް ނެގިކަން ފަޅާއެރުމުން އޭނާ ބުނެފައިވަނީ، އޭނާގެ އެ ޢަމަލަކީ ސައިންސްއަށްޓަކައި، ސައިންސް ދިރާސާ ކުރުމަށް ކުރި ކަމެއްކަމަށެވެ. ގިނަ ސައިންސްވެރިން މިކަމާއި ދެކޮޅަށް ބަސްބުނެފައިވާ އިރު، ފަހުން ހާމަވި ގޮތުގައި، ގިނަ ސައިންސްވެރިންވެސް އައިންސްޓެއިންގެ ސިކުނޑި އޭނާގެ އާއިލާގެ ނުރުހުމުގައި ތަހުލީލު ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި ތަހުލީލުތަކަށް ބިނާކޮށް، މިއަދުވެސް ގިނަ ޢަދަދެއްގެ ލިޔުންތަށް ސައިންސްވެރިން އަންނަނީ ޝާއިއުކުރަމުންނެވެ. މި ގޮތުން، އައިންސްޓެއިންގެ ސިކުނޑި އާދަޔާ ޚިލާފު އިންސާނުންގެ ސިކުނޑިއާއި ތަފާތެވެ. ވާހަކަ ދެއްކުމާއި ބަސް އުނގެނުމުގެ ދައުރު ހިމެނޭ ސިކުނޑީގެ ހިސާބު ކުޑަވެފައި، ނަންބަރު އަދި އެހެނިހެން ކަންކަން ވިސްނުމުގެ ދައުރު ހިފެހެއްޓިފައިވާ ހިސާބު ބޮޑެވެ. އަދި އެހެން ދިރާސާ އަކުން ދައްކާ ގޮތުގައި އޭނާގެ ސިކުނޑީގައި ގްލިއަލް ސެލްސް މާ ގިނައެވެ.
އައިންސްޓެއިންގެ ސިކުނޑި، އެކި ބައިތަކަށް ބަހާލެވި، އޭގެ ބައެއް ބައިތަށް ވަނީ ހާވީގެ އެހެނިހެން ރަހުމަތްތެރި ޕެތޮލޮޖިސްޓުންނަށްވެސް ދީފައެވެ. އަދި ޤަބޫލު ކުރެވޭ ގޮތުގައި، އޭނާގެ އަތުގައި ހުރި އައިންސްޓެއިންގެ ސިކުނޑީގެ ބައި 20 އަހަރު ވަންދެން ހަލާކު ނުވެ ހުއްޓެވެ. 2010 ވަނަ އަހަރު ހާވީގެ ޢާއިލާ މީހުން ވަނީ މި ބައިތަށް ނެޝެނަލް މިޔުޒިއަމް އޮފް ހެލްތް އެންޑް މެޑިސިންއަށް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!