ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނޮޅިވަރަމް ކުލަބް ޕެނީ އަދި އިހަވަންދޫ ކުޅިމަގު ޓީމް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގަ ކުލަބް ޕެނީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލްގައި ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެނެނެވެ. މި މެޗުގައި ކުލަބް ޕެނީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 91 ޝަފީޢު އާދަމެވެ. ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން ހުސެއިން މުހައްމަދެވެ.

Ad
rt

މި މުބާރާތުގެ ފައިނަލުގެ ޖާގަ ކުޅިމަގު ޓީމުން ކަށަވަރު ކޮށްފައިވަނީ ޓީމް ނައިވާދޫ ސެމީ ފައިނަލުގައި ބަލިކޮށްގެންނެވެ.

IHAVAN CUP 2020
MATCH 27 (SEMI FINAL 2)
FINAL SCORE:
KULHIMAGU 3-0 TEAM NAIVAADHOO
MAN OF THE MATCH:
ALI FAWAZ (KULHIMAGU J.7)

Posted by Club Polestar (CPS) on Sunday, January 3, 2021

މި މެޗު ކުޅިމަގު ޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމްގެ އަލީ ފަވާޒެވެ.

IHAVAN CUP 2020
FINAL MATCH
4 JAN 2021 (MONDAY)

Posted by Club Polestar (CPS) on Sunday, January 3, 2021

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 04 ޖަނަވަރީ 2021 ވާ ހޯމަދުވަހުގެ ރޭ 20:00 ގައި އިހަވަންދޫ ފުޓްބޯޅަ ދަނޑުގައެވެ