ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވހުގެ ރޭ ރެއާލް މެޑްރިޑާއި ސެލްޓަވިގޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލުން ޖެހިލައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފއިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ރެއާލުންވަނީ ލީޑުނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ސްޕެއިން މިޑްފީލްޑަރ ލޫކަސް ވަޒްކުއޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ރެއާލް ކުރީގައި އޮވެގެންނެވެ.
މި މެޗުގައި ރެއާލުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފައެވެ. މި ލަނޑު ވަސޒްކުއޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އެސެންސިއޯ އެވެ.
މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓް ލީޑެއް ލިބިފައެވެ. ރެއާލްއަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އެތުލެޓިކޯއަށް ލިބިފައިވަނީ 14 މެޗުން 35 ޕޮއިންޓެވެ.
ރެއާލްއަތުން ބަލިވި ސެލްޓަވީގޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އައްވަނާގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވނީ 23 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!