މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ، މާފުށީ ޖަލުގައެވެ.
މިއީ އެމްސީއެސްއާއި، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެއް ކަމަށް އެމްސީއެސްއިން ބުންޏެވެ.
ޑިސެމްބަރު 11 އިން 22 އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޑައިނަމިކް ޓްރޭނިންގ ޓީއޯޓީ"، 25 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން އިން ޕްރިޒަން" އާއި 25 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ކައުންޓަރިންގ ވަޔޮލެންޓް އެކްސްޓްރީމިސްމް އިން ޕްރިޒަން" ކަމަށް އެމްސީއެސްއިން ބުންޏެވެ.
އެމްސީއެސްއިން ބުނީ ޖުމްލަކޮށް 69 އޮފިސަރުން ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދު ﷲ އެވެ. މިނިސްޓަރގެ އިތުރުން މި ހަފްލާގައި ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަންޑް އޮފިސަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައިފާ ވަނީ އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ "ކައުންޓަރ-ޓެރަރިޒަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ފަންޑުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެހީތެރިކަމާއެކުގައެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!