ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު މިފަހަރު ހިސާބު ޖެއްސެވީ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ (އަދުރޭ) ގެ ކަލްކިއުލޭޓަރުން ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަދުރޭ ޖެއްސެވި ހިސާބަކާއި ގުޅުވައިގެން، މީހުން ޖަހާ "ދެކޮޅު ނުޖެހޭ ހިސާބުތަކަށް" އަދުރޭގެ ހިސާބުކަމަށް މީހުން މިސާލު ޖަހާއުޅެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)ގެ ސެކެރެޓަރީ ޖެނެރަލް ކަންވެސް ކުރަށްވާ ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.
ނާޒިމްގެ އެ ޓްވީޓުގައި ވަނީ، ރައީސް ޞާލިހާއި، މަޖިލިސް ރައީސް، ރައީސް ނަޝީދާއި، ފިޝަރީޒް މިނިސްޓަރު ޒަހާއާއި އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކުރަށްވާފައެވެ.
ނާޒިމް މިގޮތަށް ވިދާޅުވެ، ޓްވީޓް ކުރެއްވުމުން "ތިލަދުން'' އިން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް 13 ރުފިޔާއަށް ބަދަލުކުރި ފަހުން މިހާރު ކޮންމެ މަސްވެރިޔަކަށް ވެސް ފަހި މޫސުމެއްގައި 22،000 ރުފިޔާ ލިބޭނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވިޔަސް އެވަރަށް ފައިސާ ލިބޭ މަސްވެރިއެއް ނޫޅޭ ކަމަށެވެ.
''ޒުވާން މަސްވެރިޔާ ވެސް އެކަން ދޮގުކޮށްފި، އެތައް މަސްވެރިންނެއް އެކަން އެބަ ދޮގު ކުރޭ، ބޮޑުކަންނެލީގެ މަސްވެރިން ވެސް އެކަން ދޮގު ކުރޭ، އެވިދާޅުވާ އާމްދަނީ ލިބޭ މަސްވެރިޔަކާ ދިމަލެއްނުވޭ"
ނާޒިމް ވިދާޅުވިއެވެ.
Minister Zahaa Mifaharu Hisaabu Jessevee Adhureyge calculator in ? @MohamedNasheed @ZahaWaheed @ibusolih @faya_i @FishermensUnion @GMasverin @ZuvaanMasveriya pic.twitter.com/qsEKfxR40T
— Mohamed Nazim (@nazim790) December 24, 2020
ފިޝަރީޒް މިނިސްޓަރު ޒަހާ މިފަހަރު ހިސާބު ޖެއްސެވީ އަދުރޭގެ ކަލްކިއުލޭޓަރުން ކަމަށް ނާޒިމް ވިދާޅުވިއިރު، މިނިސްޓަރު ޒަހާ ވަނީ އިއްޔެރޭ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަސްވެރިޔަކަށް ވެސް ފަހި މޫސުމެއްގައި 22،000 ރުފިޔާ ލިބޭނެކަމަށް ވިދާޅުވެފައެވެ.
"ކުރީގައި އޮތް ގޮތަށް ބަލައިފިކަމަށް ވާނަމަ، ފްލޯ ޕްރައިސް އަކީ އަށް ރުފިޔާ ކަމަށް ބަލައިފި ކަމަށް ވާނަމަ ގާތްގަނޑަކަށް މަސްވެރިއަކަށް ލިބެނީ މަހެއްގެ މައްޗަށް 11500 ރުފިޔާ. މިހާރު އަޅުގަނޑުމެންގެ ފްލޯ ޕްރައިސް ހެދީމަ 22،000 ރުފިޔާ މަސްވެރިއަކަށް ޖެހޭނެ،"
ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ޒަހާގެ މި ވިދާޅުވުމުން ރައީސް ޔާމީންގެ މަސްވެރިކަމުގެ ރިޔާސީ ވައުދު ''ބެޔަސް ނުބެޔަސް 10 ހާސް'' ވަޢުދު ފުއްދުނު ކަމަށް ބެލިދާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ސަބަބެއް ގޮތުގައި އެމީހުން ބުނަނީ "ކުރީގައި އޮތް ގޮތަށް ބަލައިފިކަމަށް ވާނަމަ، ފްލޯ ޕްރައިސް އަކީ އަށް ރުފިޔާ ކަމަށް ބަލައިފި ކަމަށް ވާނަމަ ގާތްގަނޑަކަށް މަސްވެރިއަކަށް ލިބެނީ މަހެއްގެ މައްޗަށް 11500 ރުފިޔާ.'' ކަމަށް ޒަހާ ވިދާޅުވެފައި ވާތީއެވެ. އެހެން ކަމަށް ވާނަމަ ކޮންމެ މަސްވެރިއަކަށް ވެސް އެސަރުކާރުގައި 10 ހާހުން މަތިން އާމްދަނީ ލިބިފައިވާކަން ބެލިދާނެކަމަށް އެ މީހުން ބުނެއެވެ.
މިނިސްޓަރު ޒަހާގެ މި ހިސާބު އެމީހުން މާނަ ކުރަނީ ރައީސް ޔާމީންގެ މަސްވެރިކަމުގެ ރިޔާސީ ވައުދު ''ބެޔަސް ނުބެޔަސް 10 ހާސް'' ވަޢުދު ފުއްދާފައިވާކަމަށް ނުސީދާކޮށް ބުނެދެވުން ކަމަށް އެމީހުން ބުނެއެވެ.
ނަމަވެސް މަސްވެރިން ދަނީ މިނިސްޓަރު ޒަހާގެ ވާހަކަތައް ދޮގު ކުރަމުންނެވެ.
ދޮށީގެ މަސްވެރިން މިބުނަނީ މިނިސްޓަރު ތިވިދާޅުވާ ވަރު ނުލިބޭ ކަމަށް ، ބޮޑުކަންނެލި މަސްވެރިން ބުނަނީ ތިވަރު ނުލިބޭކަމަށް ، ކޮން މަސްވެރި ކަމެއް ކުރާ މަސްވެރިންނަށް ލިބޭ ހިސާބެއްތޯ މިނިސްޓަރު ތިޔަ ވިދާޅުވަނީ؟ https://t.co/BIBrtPhnUz
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 24, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!