މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، "މިފްކޯ އުވާލާ ސަރުކާރަށް މަސްގަންނާނެ ކަމެއް ނެތް" މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ރިޕޯޓެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުންނެވެ.

Ad
rt

ސައުދު ވިދާޅުވީ، ސަރުކާރުން މަސްގަތުން ހުއްޓާލުމަކީ އަދި ހައްލެއް ނޫން ކަމަށެވެ. އަދި މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ސައުދު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުން ބޮޑު ކަންނެލި މަސްވެރިކަން ދޫކުރުމުގެ ނަތީޖާއަކީ ޕްރައިވެޓް ކުންފުނިތައް ފުޅާވެގެން ދިޔުންކަމަށް ސައުދު ވިދާޅުވިއެވެ.

"ސުވާލަކީ، ބޮޑު ކަންނެލި މަސްވެރިންގެ ޝަކުވާ ތަކަށް ހައްލު ގެނެވިއްޖެތޯ''

ސައުދު ސުވާލު ކުރެއްވިއެވެ.

ސައުދު މިހެން ވިދާޅުވިއިރު، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި މިދިޔަ އަންގާރަ ދުވަހު ވަނީ އިހުތިޖާޖު ކޮށްފައެވެ.

އެ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކަކަށް ދިގުދެމިގެންދާތީ ކަމަށެވެ.

އެ މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް ފެލިވަރަށް ފުލުހުން ދިޔުމުން ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާކަމަށްބުނެ މަސްވެރިން ފެލިވަރު ކުރަމުންދިޔަ މުޒާހަރާ އެރޭ ވަނީ ހުއްޓާލާފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ އެރޭ 9 ޖެހިފަހުންނެވެ.