ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މެނޭޖްކުރަމުން އަންނަ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމައިފި އެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވަނީ، ސްވިމިންގ ޕޫލު ހުޅުވާލާފައިވަނީ މެންބަރޝިޕް ފީ ނަގާ އުޞޫލެއްގެ ދަށުން ކަމަށެވެ.
އެގޮތުން ދިވެހިންގެ އަތުން މެންބަރޝިޕް ފީ އެއްގެ ގޮތުގައި މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ނުވަތަ ދުވާލަކު އެއް ގަޑިއިރަށް 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
ބިދޭސީންގެ މެންބަރޝިޕް ފީ އެއްގެގޮތުގައި ނެގުމަށް ނިންމާފައިވަނީ މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު އެއް ގަޑިއިރަށް 300.00 (ތިންސަތޭކަ) ރުފިޔާ އެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އާންމުކޮށްފައިވާ އުސޫލުގައި އިތުރަށް ބުނެފައިވަނީ ޕޫލުބޭނުންކުރަން ފުރުޞަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން އިސްކަންދޭ އުޞޫލަކުން ކަމަށެވެ. އަދި ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ.
ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށްވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހުއެވެ.
އެސޯސިއޭޝަން ގެ އުސޫލުގައި ބުނެފައިވެއެވެ.
މަހުން މަހަށް ފީ ދައްކާބޭފުޅުންނަށް ސްލޮޓް އެލޮކޭޓްކުރެވޭނެކަމަށާއި އެނޫން ގަޑިތަކުގައި އެފަރާތްތަކަށް ބޭނުން ނުކުރެވޭނެއެވެ. އަދި ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެކަމަށް އުސޫލުގައި ބުނެއެވެ.
މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށް ޕޫލުދޫކުރުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް އެ އެސޯސިއޭޝަން އިން ބުނެއެވެ.
ޕޫލު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް ޕޫލު ބޭނުންކުރުމުގެ އުޞޫލުތަކަށް ޢަމަލުކެއްވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕޫލު ބުކްކުރުމާއި، މެންބަރޝިޕްފީ ދެއްކުމަށް ގުޅުއްވާނީ 7800096 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!