ދުނިޔޭގައި މިހާތަނަށް ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ އެމެރިކާއިން އެ ބަލިމަޑުކަމާއި ދެކޮޅަށް ބޭނުން ކުރާ ވެކްސިން އެންމެ ފުރަތަމަ ނަރުހަކަށް ދީފިއެވެ.
ނިޔު ޔޯކުގައި މަސައްކަތް ކުރަމުންދާ މި ނަރުސް ވެގެންގޮސްފައިވަނީ، އެމެރިކާގައި މި ވެކްސިން އެންމެ ފުރަތަމަ ލިބިފައިވާ ފަރާތަށެވެ. ލޯންގް އައިލެންޑްއަށް ނިޞްބަތްވާ ސަންޑްރާ ލިންޑްސޭއަށް މި ވެކްސިން ދީފައިވަނީ މިއަދު ހެނދުނު އެމެރިކާ ގަޑިން 9:30 ގަ އެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ މަރުޙަބާ ވިދާޅުވެފައެވެ.
"ފުރަތަމަ ވެކްސިން ދެވިއްޖެ! މަރުޙަބާ އެމެރިކާ! މަރުޙަބާ މުޅި ދުނިޔެއަށް!" އެމެރިކާގެ ރައީސް ކުރެއްވެވި ޓްވީޓެއްގައިވެއެވެ.
މި ވެކްސިންއާއި ގުޅިގެން ލިންޑްސޭއާއި ސުވާލު ކުރުމުން ބުނެފައިވަނީ، މި ވެކްސިން އެހެން ވެކްސިންއަކާއި ތަފާތު ނޫން ކަމަށެވެ.
"އަހަރެން ހަމަ ބަރާބަރު. ވަރަށް ހިތްހަމަޖެހިއްޖެ"
އޭނާ އިތުރަށް ބުންޏެވެ.
އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ، މިއީ ދުނިޔޭގެ ގިނަ ބަޔަކަށް ނުރައްކާތެރި ކަމަކުން ސަލާމަތްވުން ކަމުގައި އުންމީދު ކުރާ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ، މި ވެކްސިންއަކީ މުޅިންހެން ރައްކާތެރި ވެކްސިންއެއް ގޮތުގައި އެންމެނަށްވެސް ދެއްކުމަށެވެ. އަދި އަހަރެމެން އެންމެނަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ސަބަބުން، ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން އޭނާ ވަނީ ހަނދާންކޮށްދީފައެވެ.
BREAKING: Critical care nurse in New York is among first in US to receive a coronavirus vaccine:
"We all need to do our parts to put an end to the pandemic." pic.twitter.com/kGUI8o9h63
— NBC News (@NBCNews) December 14, 2020
ގަވަރުނަރު އެންޑްރޫ ކުއޯމޯ ވީޑިޔޯ ޒަރީޢާއިން މި މަންޒަރު ވަގުތުން ދެކެލައްވާފައިވާއިރު، އޭނާ ވިދާޅުވެފައިވަނީ، މި ވެކްސިންގެ ސަބަބުން ލިންޑްސޭ އަދި އެހެނިހެން ސިއްޙީ ޚިދުމަތްތެރިންނަށް ރައްކާތެރިކަމުގެ އިޙްސާސްކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
މިހާތަނަށް އެމެރިކާއިން މި ބަލީގައި 3 ލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!