ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް "މަވެސް މިހުރީ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ކުރިއަށް ގެންދާ ކުޅިވަރު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޕްރޮގްރާމްގައި ބައިވެރި ވުމަށް އޮންލައިންކޮށް ރަޖިސްޓްރީކުރެވޭނެ އިންތިޒާމް ވެސް ޔޫތު މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.
ޔޫތު މިނިސްޓްރީއިން ވަނީ އޮންލައިންކޮށް ރަޖިސްޓަރީވުމުގެ އިތުރުން ފޯމު ހުށަހަޅައިގެން ބައިވެރި ވެވޭގޮތަށް ހަމަޖައްސާފައެވެ. މިގޮތުން ފޯމު ހުށަހަޅުއްވަން ހަމަޖައްސާފައި ވަނީ ޔޫތު އެކަމަޑޭޝަން ގްރައުންޑް ފްލޯގައި ހުންނަ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީހަށެވެ. އެ އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރު 2020 ދުވަހުގެ 14:00 އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް "މަވެސް މިހުރީ" ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލުން.
އޮންލައިންކޮށް ރަޖިސްޓްރީކުރެއްވުމަށް: https://t.co/yWI01OQdRC pic.twitter.com/GRteMjIkMI
— Ministry of Youth,Sports and Community Empowerment (@MoYSCEmv) December 10, 2020
ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޔޫތު މިނިސްޓްރީއިން ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރު ޕްރޮގްރާމް "މަވެސް މިހުރީ" ގައި ހިމެނޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ފެތުން، އެތްލެޓިކްސް އަދި ބެޑްމިންޓަން ހިމެނެއެވެ.
މި ޕްރޮގްރާމް އޮންނާނީ އަންނަ އަހަރު ކަމަށްވިޔަސް، މި ޕްރޮގްރާމް ތާވަލު ކޮށްފައިވާ ތާރީޚް އަދި ޔޫތު މިނިސްޓްރީއިން ހާމަކުރަށްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!