އިންޑިޔާގެ އަންދްރާ ޕްރަދޭޝް ހިސާބުގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރެން ފަށައިފިއެވެ.

އަލް ޖަޒީރާ ނޫހަށް އިންޑިޔާގެ ނިޔު ދިއްލީގައި ހުރި އެ ޤައުމުގެ އޮފިޝަލަކު ޚަބަރު ދިން ގޮތުގައި، ގޮތް ނޭނގޭ ބަލިމަޑުކަމުގައި ބަލިވަމުން ދިޔަ ބަލިމީހުންގެ ލޭގެ ރިޕޯޓުތަކަށް ބަލާއިރު، ބިމުގައި އުފެދޭ ދެ މަޢުދަން ކަމަށްވާ ލެޑް އަދި ނިކެލް ގިނަ ޢަދަދަކަށް ފެނިފައިވެއެވެ.

Ad
rt

އަންދްރާ ޕްރަދޭޝްގެ އަވަށެއް ކަމަށްވާ އެލުރު އިން ހޮނިހިރު ދުވަހު އެކަނިވެސް، މި ބަލިޖެހިގެން500 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މިހާތަނަށް ފެނިފައިވަނީ ބޯ އެނބުރުމާއި، ހޮޑުލުން، ފިޓު ޖެހުން އަދި ހޭނެތުމެވެ. އާދިއްތަ ދުވަހާއި ހަމައަށް މި ބަލީގައި1 ވަނީ މަރުވެފައެވެ.

މިހާތަނަށް އެ ޤައުމުގެ ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، މި ބަލި މަޑު ކަމަކީ ކުރިންވެސް ފާހަގަ ކުރި ދެ މަޢުދަން ގައިގައި މާ ގިނަ ވުމުގެ ސަބަބުން ވިހަވެގެން ދިމާވި ބަލިމަޑުކަމެއް ކަމަށް ލަފާ ކުރެވެއެވެ.

ވިޖޭވާދާ ޑިސްޓްރިކްޓްގެ މެޑިކަލް ސުޕްރިންޑެންޓް ޑރ. އޭވީއާރް މޯހަން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް އޯލް އިންޑިޔާ އިންސްޓިޓިޔުޓް މެޑިކަލް ސައިންސްއިން ކުރި ތަހުލީލު ތަކުންވެސް ދައްކަނީ މި ދެ މަޢުދަނުގެ ސަބަބުން ވިހަވުން ކަމަށެވެ.

ޑރ އިތުރަށް ވިދާޅުވި ގޮތުގައި، ބަލި ރަނގަޅުވުމަށްފަހު ގެއަށް ދޫކޮށްލި6 މީހުން އަލުން ފިޓު ޖެހުނު ކަމަށާއި، އަލުން އެ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެވެ.

މިހާތަނަށް ބަލީގެ ހަޤީޤަތް ދެނެގަތުމަށް، ސިއްޙީ މާހިރުން ވަނީ އެ ސަރަހައްދުން ލިބޭ ކިރު އަދި ތަރުކާރީގެ ބާވަތްތުގެ ސާންޕަލްވެސް ނަގާފައިއެވެ. އެއީ ކާބޯތަކެތީގައި މިފަދަ އެއްޗެއް ހުރިތޯ ބެލުމަށް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިޔާގެ ކަމާބެހޭފަރާތްތަކުން ގިނަ ކަންކަން މި ސަރަހައްދުން ބަލަމުން ދާއިރު، އަދިވެސް މި ބަލީގެ ހަޤީޤަތް ހޯދުމަށް އެ ޤައުމުން ވަނީ ނުކުޅެދިފައެވެ.