އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް ފަށައިފި އެވެ.

އޫރިދޫއިން ބުނީ، މި ކާނިވަލްގައި އެ ޕްލެޓްފޯމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ތަކެތިން 50 ފަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތުދީފައިވެ އެވެ.

Ad
rt

މި ކާނިވަލްގެ ތެރެއިން ސްމާޓް ފޯން އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ހާއްސަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި ލިބޭނެއެވެ.

މޫލީ އިޔާ އެންޑް ކާނިވަލުން ތަކެތި ގަންނަން ބޭނުންނަމަ އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރެއްވޭނެއެވެ.

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި މުޅި ކާނިވަލުން ވިޔަފާރި ކުރައްވާ ފަރާތްތަކުން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމު މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 13 ބްރޭންޑްއަކުން ވަނީ ހުށައަޅާފަ އެވެ. އޭގެ ތެރޭގައި ކުއިކަރ ބިޒް، އައިޓީ ވޯރލްޑް، ބްރޭންޑްލޫމް، ލިންކްސާވް، ފޯމެކްސް އަދި އެހެންވެސް ބްރޭންޑްތައް ހިމެނެއެވެ.

މީގެ އިތުރުން ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ކޮންމެވެސް އެއް ޕްރޮޑަކްޓްއަކާއި އެކު އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. އިނާމު ހިމަނާފައިވާ ޕްރޮޑަކްޓްއެއްގެ ގޮތުގައި، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ކެޓަގަރީއެއްގެ ޕްރޮޑަކްޓްއެއްގެ އަގުގެ ތިރީގައި "ފްރީ ގިފްޓް އިންކްލޫޑަޑް" ޖަހާފައިވާނެއެވެ.