ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ.
މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ވަނީ ނިމިފައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ވަނީ ނިމިފައި. އަދި ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 އާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ވަނީ ނިމިފައި. pic.twitter.com/3bN99plRfY
— MTCC Plc (@MTCCPlc) December 3, 2020
މި މަޝްރޫޢުގެ ދަށުން ގާއިމު ކުރާ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ފެށިގެން ކުރިއަށް ދާ ކަމަށް އެމްޓީޓީސީ ވަނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބުނެފައެވެ.
މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި އަދި 19،679.7 ސްކެއާ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!