އދ. ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ 4 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ފެންފުށީގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދު 15:20 ގައި ކަމަށެވެ.
އަދި އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށް ފުލުހުން ބުނެފައިވެ އެެވެ.
ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ ހެލްތު ސެންޓަރަށް ކުއްޖާ ގެންދެވުނުއިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!