ކޯވިޑް-19 އާއި ދެކޮޅަށް ރަޝިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ސްޕަޓްނިކް ވެކްސިންގެ 100 މިލިޔަން ޑޯޒް އުފެއްދުމަށް އަވައްޓެރި އިންޑިޔާއިން ތައްޔާރުވެއްޖެއެވެ.

އިންޑިޔާގެ ބޭސް އުފެއްދުމުގައި ނަން މަޝްހޫރު ހެޓެރޯ އިން މި ވެކްސިންގެ 100 މިލިޔަން ޑޯސޭޖް އުފައްދާނެކަމަށް މިހާރުވަނީ ބުނެފައެވެ.

Ad
rt

"ހެޓެރޯ، އިންޑިޔާގެ އެންމެ މަޝްހޫރު އެއް ބޭސް އުފައްދާ ކުންފުނި މިހާރުވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރެޖިސްޓަރ ކޮށްފައިވާ ފުރަތަމަ ވެކްސިންގެ100 މިލިޔަން ޑޯސޭޖް އުފެއްދުމަށް އެއްބަސްވެފައި." .

ރަޝިޔަން ޑައިރެކް އިންވެސްޓްމެންޓް (އާރްޑީއައިއެފް) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ބަޔާނާއި ހަވާލާދީ މި މަސައްކަތް2021 ވަނަ އަހަރުގެ ކުރީކޮޅުގައި ފެއްޓޭ ވަރު ވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.

މި ހަފްތާގެ ކުރީ ކޮޅުގައި ރަޝިޔާއިން ވަނީ އެ ޤައުމުން އުފެއްދި ވެކްސިންއަކީ މި ބައްޔާއި ދެކޮޅަށް95% ކާމިޔާބު ކޮށްފައިވާ ވެކްސިންއެއްކަމަށް ބުނެފައެވެ. އަދި މިއީ ދުނިޔޭގައި މި ވަގުތު މި ބައްޔަށް ވެކްސިން އުފައްދަމުން އަންނަ އެހެނިހެން ޤައުމުތަކުންވެސް ނެރެފައިވާ ތަފާސް ހިސާބުތަކާއި އެއްގޮތް މިންވަރެކެވެ.

ރަޝިޔާއިން އިތުރަށް ވިދާޅުވާ ގޮތުގައި ސްޕަޓްނިކްގެ މި ވެކްސިންގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 ޑޮލަރެވެ. އަދި މިއީ މިވަގުތު ރެޖިސްޓަރ ކޮށްފައިވާ ގިނަ ވެކްސިންތަކާއި އަޅާބަލާއިރު، މާ އަގުހެޔޮ މިންވަރެކެވެ.

ރަޝިޔާގެ މި ވެކްސިންއަކީ ދުނިޔޭގެ މި ބައްޔާއި ދެކޮޅަށް އެންމެ ފުރަތަމަ ރެޖިސްޓަރ ކުރި ވެކްސިންއެވެ. މި ގޮތުން މި ވެކްސިންއަކީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރެޖިސްޓަރވެގެން ދިޔަ ވެކްސިންއެކެވެ.

މިހާރު މި ވެކްސިންގެ އެންމެ ފަހުގެ ތަހުލީލުތައް ކުރެވެމުން އަންނަ އިރު މިހާރު ވަނީ 40،000 މީހުންގެ ގަޔަށް މި ވެކްސިން ޖަހާފައެވެ.

މި ތަހުލީލީ މަރުހަލާގައި ބެލާރުސް، ވެނިޒުއޭލާ އަދި ޔޫއޭއީވެސް އަންނަނީ ބައިވެރިވަމުންނެވެ.

އިންޑިޔާގެ އިތުރުން މި ވެކްސިން ލިބެން ހުންނާނެ އެހެން ޤައުމުތަކަކީ ބްރެޒިލް، ޗައިނާ، އަދި ދެކުނު ކޮރެޔާއެވެ.