އިޒްރާޢީލުގެ ކެބިނެޓް މިނިސްޓަރެއް ހާމަ ކުރި ގޮތުގައި، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ވަނީ ސަޢުދީ އަރަބިއްޔާއަށް އެ ޤައުމުގެ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލުކުރުމަށް ބައްދަލުކުރުމަށް ގޮސްފައެވެ.
ދުނިޔޭގެ ޚަބަރު ފަތުރާ ނޫސްތަކުން ބުނާ ގޮތުގައި މި ސިއްރު ބައްދަލުވުންތަކުގައި އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އާދިއްތަ ދުވަހު ހިނގި މި ބައްދަލުވުމަކީ އިޒްރާއީލުގެ ފަރާތުން ޢަރަބި ޤައުމުތަކުގެ ރުހުން ހޯދުމަށް ކުރި ދަތުރެއްކަމަށް ވަރަށް ބޮޑަށް ބުރަވެވެއެވެ. އިޒްރާޢީލުން އަންނަނީ ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކާއި އެކު ސިޔާސީ ގުޅުން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅިގެން އިޒްރާއީލުގެ ބޮޑު ވަޒީރުގެ އޮފީހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ސަޢުދީ އަރަބިޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފަރްހާން އަލް ސަޢުދު ވަނީ މި ބައްދަލުވުން ހިނގި ކަމަށް ބުނާ ވާހަކަ ތައް ދޮގުކުރައްވާފައެވެ.
"މިފަދަ އެއްވެސް ބައްދަލުވުމެއް ނުހިނގާ. ހަމައެކަނި ތިބި އޮފިޝަލުން ނިޞްބަތްވަނީ ސަޢުދީ އަށް އަދި އެމެރިކާއަށް"
އޭނާ ކުރެއްވެވި ޓްވީޓެއްގައި ވެއެވެ.
ނަމަވެސް އިޒްރާޢީލުގެ ބޮޑެތި މަޤާމު ތަކުގައި ތިބި މީހުން ބުނަމުންދާ ވާހަކަތަކަކީ މިއާއި ޚިލާފު ވާހަކަތަކެކެވެ. އަދި މި މީހުން ބުނަމުން ގެންދާ ވާހަކަ ތަކަކީ، މި ބައްދަލުވުންތައް ސިއްރު ކުރި އެންމެ ބޮޑު އެއްސަބަބަކީ، ފަލަޞްޠީނަށް ނިޞްބަތްވާ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރާނެތީއެވެ.
ހޯމަ ދުވަހު ހެނދުނު، އިޒްރާޢީލުގެ އެޑިޔުކޭޝަން މިނިސްޓަރ އަދި ނަތެންޔާހޫގެ ސެކިޔުރިޓީ ކެބިނެޓުގެ މެންބަރު ޔޯއާވް ގާލަންޓްވެސް ވަނީ މި ބައްދަލުވުން ހިނގާފައިވާ ކަމަށް ބުނެފައެވެ.
ނެތަންޔާހޫ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އިޒްރާޢިލުގެ ގުޅުން އެހެނިހެން ޤައުމުތަކާއި އެކު ޤާއިމު ކުރާނެ ކަމަށް ވަޢުދުވެފައެވެ. އަދި މިފަހުގެ ތާރީޚެއްގައި ޢަރަބި އެތައް ޤައުމަކާއި އެކު ވަނީ ސިޔާސީ ގުޅުންވެސް ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް، ސޫދާން ފަދަ ޤައުމުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!